You are here: Home » އިޖުތިމާޢީ » ނ. އަތޮޅު ކުރެދިވަރު ފަޅުވުން( 1 ވަނަ ބައި)
ނ. އަތޮޅު ކުރެދިވަރު ފަޅުވުން(  1 ވަނަ ބައި)

ނ. އަތޮޅު ކުރެދިވަރު ފަޅުވުން( 1 ވަނަ ބައި)

ނ. އަތޮޅު ކުރެދިވަރަކީ ނޫނު އަތޮޅުގެ ފަޅުރަށުގެ ގޮތުގައި މިހާރު ފާހަގަކުރެވޭ 58 ރަށުގެ ތެރޭން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. މުޅި ޖުމްލަ 71 ރަށް އޮންނަ ނޫނު އަތޮޅުގައި މިހާރު އޮންނަނީ މީހުން އުޅޭ 13 ރަށެވެ. ނޫނު އަތޮޅުގައި ކުރިން މީހުން އުޅުނު ބައެއް ރަށްވަނީ ފަޅުވެފައެވެ. މިގޮތުން ފަޅުވި 2 ރަށެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރެދިވަރު އަދި ބޮަމަސްދުއެވެ. ދެން އޭގެ ފަހުން ނ. ތޮޅެންދޫ މީހުން ކެނދިކޮޅުކުޅުދުއައް ބަދުލުކުރެވުމާއި ގުޅިގެން ތޮޅެންދޫ ފަޅުވިއެވެ. ތޮޅެންދު ފަޅުރަށަކަށްވީ މީހުން ބަދަލުކުރުމުން ކަމަށްވީނަމަވެސް ކުރެދިވަރު ފަޅުރަށަކަށްވުމުގައި ވަރަށް އާދަޔާ ހިލާފު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ކުރެދިވަރަކީ މިހާރުވެސް ތަފާތު ބިރުވެރިކަންތައްތަކާއި ދިމާވާ ރަށެއްކަމަށް އެރަށައް ގޮސް އުޅޭ ގިނަ މީހުން ބުނެއެވެ. ހަމަ އެހެންމެ އެރަށުގެ މޫދުން ގިނައަދަދަކަށް މީހުންގެ ކަށި އަންނަނީ ފެންނަމުންނެވެ. އެރަށުގެ މޫދުގެ އެކި ހިސާބުތަކުން މީހުންގެ އެކި ގުނަވަންތަކުގެ ކަށިތައް  ފެނުމުގެ އިތުރުން ފަސްގަނޑައް ލައްގަމުންއާދެއެވެ. ބުނެވޭ ގޮތުގައި ކުރެދިވަރަކީ ޝިހުރު ހާހުރައިން  ރަށުގެ ދެބަޔަކު ހަނގުރާމަކޮށް ހަލާކުވިރަށެކެވެ. އެޔައްފަހު އެކި ސަބަބުތަކާއި ހުރެ އެރަށުގައި މީހުންނަށް ނޫޅެވިގެން ސަލާމަތުން ތިބި މީހުން ރަށްދޫކޮށްދިޔައެވެ. އަދި ރަށުގެ މީހުން އުޅުން ސަރަހައްދު އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. ހަމަ އެއާއި އެކު އިރުމަތީފަރާތުން އަންނަނީ ރަށައްއާ ބައެއް އުފެދެމުންނެވެ.

ދިވެހި ތާރީޙުން އެނގޭގޮތުގައި ކުރެދިވަރަކީ ރާއްޖޭގައި ރަސްކަންކުރެއްވި ރަދުން ސިރާޖުއްދީންގެ އަނބިކަބަލުންގެ ރަށެވެ. އެހެންކަމުން އެރަށަކީ އެޒަމާނުގައި ވަރަށް މަސްޙޫރު ރަށެކެވެ. އަދި އެޒަމާޏުގައި އެރަށަކީ ރަސްކަމުގެ އާއިލާއާއި ގުޅުންއޮތް ނުފޫޒުގަދަ ބަޔަކު ދިރިއުޅުނު ރަށަކަށްވުމުން ދައުލަތުގެ ނާކޮޅު އެރަށު މީހުން ބޭނުންވާ ތަކެތި ހިފައިގެން އައިސް ގޮސް އުޅެއެވެ. އެހެންކަމުން އެރަށު މީހުންނަކީ ފުދުންތެރި ބައެކެވެ. ހަމަ އެހެންމެ ރަށްވެހިކަމުގައި ކުރިއަރާފައިވާ މަސައްކަތްެރި ބައެކެވެ. ކުރެދިވަރުގެ މީހުންނަކީ މަސައްކަތްތެރި ހީވާގި ބައެއްކަން މިހާރުވެސް އެރަށުން ފެންނާން އެބަހުއްޓެވެ. މިޒަމާނުގައި އައިނުަކަނޑައިގެން ނެރު ހެދުމަށް ހައިމާރކު އަދި ގޮއްވާތަކެތި ގެންގުޅޭއިރު ކުރެދިވަރުގައި މާނެރު ފުންކޮށްފައިވަނީ ކުރެދިވަރުގެ ރައްޔިތުންނެވެ.  ރަށަކީ ވަރަށް ބޮޑަށް މުރަކައިގެ ފަރުން ބެދިފައިވާ ރަށެކެވެ. ހަމަ އެހެންމެ އެހާމެ ފުޅާ އެ ތޮށިގަނޑު ކަނޑާ ރަށާ ގާތްކުރަން ބޮޑު މަގެއް ހަދާފައިވަނީ އައިނު ކަނޑައިގެންނެވެ. ހަމަ އެހެންމެ ވަރަށް ބޮޑެތި ހިރިޔާ ގާތައް ނަގާ އެއްފަރާތްކޮށްފައިވާކަން މޫދުގައި ފީނާލުމުން އެނގެން އެބަހުއްޓެވެ.  ބުނެވޭގޮތުގައި މިނެރަކީ ދައުލަތުގެ ނާކޮޅު ވަދެ ނިކުމެ އުޅުމަށް ކޮނެވުނު ނެރެކެވެ.

ކުރެދިވަރުގައި އޮންނަނީ ވަދެ ނިކުމެ އުޅުމަށް ދެ ނެރެކެވެ. އެއީ އަކިރިގަނޑުނެރާއި މާނެރެވެ. އަކިރިގަނޑު ނެރަކީ ކުރެދިވަރުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުންއައި ނެރުނަމަވެސް މާ ނެރު ހެދުމަށްފަހު މާނެރުއައީ ބޭނުންކުރަމުންނެވެ. ބުނެވޭ ގޮތުގައި ކުރެދިވަރު ނެރު ފުންކުރުމަށް ބޮޑެތި ގަލާ ހިލަ ނެގުމަށް ރަށުގައި ހުރި ބޮޑެތި ބަނބުކެޔޮ ގަސް ކަނޑާފައި އެތަކެތި ބޭނުންކޮށްފައިވެއެވެ. ހިކި ދިޔައިގައި ބަނބުކެޔޮ ގުޅިތައް ގާތަކުގައި އައްސައިގެން ބޮޑު ދިޔައިގައި ގަސްގަނޑު ތަޅުވައި ހަދައިގެން ގާތައް އުފުރާލައިގެން އެއްފަރާތްކުރީކަމަށް  ބުނެވެއެވެ. (ނުނިމޭ)

ނޯޓު: މިލިއުން ލިޔުމަށްޓަކައި އެރަށުގައި މީހުން އުޅުން ދުވަސްވަރު ގޮސް އުޅުން މީހުންގެ ފަރާތުން ލިބުނު މައުލޫމާތު ހޯދުނެވެ. އަދި ހަމަ އެހެންމެ އެރަށައް އެކިފަހަރު މަތިން ގޮސް ރަށުގެ އެކި ހިސާބުތަކަށް ގޮސް އަދި މޫދުގައި ފީނާ ހެދުމުން  ފާހަގަކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިމަނާލަމެވެ.

ހުސައިން ނިޔާޒު / ޅޮހި

ހުސައިން ނިޔާޒަކީ ލިޔުންތެރިކަމުގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ. ލިޔުންތެރިކަމުގެ ތެރެއަށް ވަދެފައިވަނީ މަނަދޫ ލައިވު އަދި ލަންދޫ އިންފޯ.ކޮމް އިން މީގެ 3 އަހަރެއްވަރު ކުރިންނެވެ. އަދި ހުރިހާ ދާއިރާތަކެއްގެ ލިޔުންތައް ލިޔަމުން އަންނަ ލިޔުންތެރިއެކެވެ. ިއަދި ތިމާވެއްޓާއި ދިރޭތަކެއްޗާއި ބެހޭ ލިޔުންތަކާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ އަމަލުތަކާއި ބެހޭގޮތުން ލިޔުއްވައެވެ..

ޙިޔާލުފާޅުކުރައްވާ

މާރކް ޖަހާފައިވާ ބައިތައް ފުރިހަމަ ކުރައްވާ *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Scroll To Top