ޞަދަޤާތްކުރުމަކީ ވަރަށް މަތިވެރިވެގެންވާ މާތްއަޅުކަމެކެވެ. މިކަމުގެ މާތްކަން އަންނިވި ޢިބުރަތްތެރި ޙާދިޘާއިން އެނގިގެން ދެއެވެ. މިވާހަކަ ބަޔާންވެފައިވަނީ ޞަޙީޙް މުސްލިމުގައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(بَيْنَا رَجُلٌ بِفَلاةٍ مِن الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ: اسْقِ حَدِيقَةَ فُلانٍ؟ فَتَنَحَّى ذَلِكَ السَّحَابُ, فَأَفْرَغَ مَاءَهُ فِي حَرَّةٍ, فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَد اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ, فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ, فَقَالَ لَهُ: يَا عَبْدَ اللَّهِ مَا اسْمُكَ؟ قَالَ: فُلانٌ. لِلاسْمِ الَّذِي سَمِعَ فِي السَّحَابَةِ, فَقَالَ لَهُ: يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَن اسْمِي؟ فَقَالَ: إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ: اسْقِ حَدِيقَةَ فُلانٍ لاسْمِكَ, فَمَا تَصْنَعُ فِيهَا؟ قَالَ: أَمَّا إِذْ قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ, وَآكُلُ أَنَا وَعِيَالِي ثُلُثًا, وَأَرُدُّ فِيهَا ثُلُثَهُ)...وفي رواية: (وَأَجْعَلُ ثُلُثَهُ فِي الْمَسَاكِينِ وَالسَّائِلِينَ وَابْنِ السَّبِيلِ) (رواه مسلم في صحيحه: 2984)
މާނައީ: "ބިންމަތީގައިވާ ދަނޑެއްގެ ތެރޭގައި ހުރި މީހަކަށް އެތަނުގައި ހުއްޓާ ވިލާގަނޑުގެ ތެރެއިން އަޑެއްއިވިއްޖެއެވެ. "މިޔަނި މީހެއްގެ ބަގީޗާއަށް ވާރެވެހޭށެވެ." ދެން ވިލާގަނޑު އެދިމާއަށް ގޮސްފިއެވެ. އަދި ހިލަބިމާއި ދިމާއަށް އެތަން ފުރެންދެން ވާރެވެހިއްޖެއެވެ. ދެން ފެންދާން ކޮނެފައި ހުރި ކޯރުތަކުގެ ތެރެއިން ކޯރަކަށް ފެން އެޅި އެތަން ފެނުން ފުރިއްޖެއެވެ. އަދި އެފެންދާ ދިމާޔަށް މީނާ ފެންދާ ދިމާޔަށް ހިނގައްޖެއެވެ. އެތަނުގައި މީހަކު އޭނާގެ އުދަލިން(ފަކީރާއިން) ފެން ދިމާތަކަށް ފޮނުވަމުން ދިޔައެވެ. އޭނާގެ ކައިރިން (އޭނާ ހޯދަމުން އައިމީހާ) އެހިއެވެ. އޭ ﷲ ގެއަޅާއެވެ. ތިބާގެ ނަމަކީ ކޮބައިހެއްޔެވެ؟ އޭނާ ބުންޏެވެ. މިޔަނިމީހެކެވެ. އެއީ ވިލާގަނޑުގެ ތެރެއިން އަޑުއިވުނު ނަމެވެ.
އެމީހާ (ނަންއެހީ) މީހާގެ ކައިރިން އެހިއެވެ. އޭ ﷲގެ އަޅާއެވެ. އަހަރެންގެ ނަން ތިއަހަނީ ކީއްވެހެއްޔެވެ؟ އޭނާ ޖަވާބު ދިނެވެ. "އަހަރެންނަށް މިހިރަ ފެން ވެހުނު ވިލާގަނޑުގެ ތެރެއިން ބުނާތީ އަޑުއިވުނެވެ. މިޔަނިމީހެއްގެ އެބަހީ ތިބާގެ ނަމުން (ތިބާގެ) ދަނޑަށް ފެންވެހޭށެވެ. ތިބާއަށް (އެކަން ލިބުނީ) އެޔާމެދުގައި ކޮންކަމެއް ކުރާތީ ހެއްޔެވެ؟ އޭނާ ބުންޏެވެ. " ތިބާ ސުވާލުކުރުމުން އަހަރެން ބުނެފާނަމެވެ. ދަނޑުގައި އަޅާއެއްޗެހީގެ ތެރެއިން ތިންބައި ކޮށްފައި އެއްބައި އަހަރެން ޞަދަޤާތް ކުރަމެވެ. އަދި އަނެއް ތިންބައި ކޮށްފައި އެއްބައި އަހަރެންނާއި އަހަރެންގެ އިޔާލުން ކާން ބޭނުންކުރަމެވެ. އަނެއް ތިންބައި ކޮށްފައި އެއްބައި އަލުން ގޮވާންކުރަން ބޭނުންކުރަމެވެ." އަދި އެހެން ރިވާޔަތެއްގައި: " އަދި ތިންބައި ކޮށްފައި އެއްބައި މިސްކީނުންނާއި އަދި ޙާޖަތަށް ޖެހިގެން އެދޭ މީހުންނަށާއި އަދި ޖިހާދުކުރާ މީހުންނަށް ބަހަމެވެ."
މިވާހަކައިން ލިބޭ އިބުރަތްތައް:
ހ. ޞަދަޤާތްކުރުމުގެ މާތްކަން.
ށ. ޞަދަޤާތްކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވާކަން.
ނ. ﷲއަށްޓަކައި ޞަދަޤާތް ދިނުމަކީ މުދާ ގިނަވެ ބަރަކާތްތެރިކަން އިތުރުވުން ދިމާވާ ސަބަބެއްކަން.

0 Comments