ވެބްސައިޓެއްގެ ތަޢާރަފު


ވެބްސައިޓުގެ ސުކްރީން ޝޮޓެއް
ތަންޒީލު އަކީ މިހާތަނަށް އިންޓަރނެޓުގައި ވުޖޫދުވި ކީރިތި މޫރިތި ޤުރުއާނާއި ބެހޭގޮތުން ހެދިފައިވާ ވެބްސައިޓު ތަކުގެ ތެރެއިން އެންމެ ފުރިހަމަ ފައިދާ ކުރަނިވި ބޭނުންކުރަން ފަސޭހަ އެއްސައިޓު ކަމުގައި ވާނެއެވެ. މި ސައިޓުގެ އެންމެ ޚާއްސަ އެއްކަމަކީ ދިވެހިބަހުންވެސް ކީރިތި ޤުރުއާނުގެ ތަރުޖަމާ ހިމެނިފައިވުންކަން ކޮންމެ ދިވެއްސެއްވެސް ޤަބޫލުކުރާނެއެވެ.

އެގޮތުން މި ވެބްސައިޓުގައި ހިމެނިފައިވާ ޤުރުއާނުގެ ލިޔުމުގައި ވަނީ މަދީނާ މުސްހަފާއި އެއްގޮތަށް ލިޔެވިފައެވެ. އަދި ލިޔުމުގެ ކުށްތައް އެއްވެސް ވަރަކަށް ނުހުންނާނެ ކަމަށް މި ވެބްސައިޓުގައި ހާމަކުރައްވައެވެ.

އަދިވެސް މިސައިޓުން ލިބޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ކީރިތި ޤުރުއާން ބޭނުންވަރަކަށް ތަކުރާރުކޮށް އަޑުއަހާލުމާއި އަދި ސައިޓުގައި ހިމަނާފައިވާ މަޝްހޫރު ޤާރީންގެ ތެރެއިން ބޭނުން ފަރާތެއް އަޑުއަހާލެވޭނެއެވެ. އަދި ތަރުޖަމާވެސް ވަރަށް ގިނަ ބަސްބަހުން ލިބެން އެބަހުއްޓެވެ.

ޚާއްޞަކޮށް ބުލޮގް، ނުވަތަ ވެބްސައިޓުގައި ޤުރުއާނުގެ އާޔަތްތައް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ސައިޓުގައި ހިމަނާފައިވާ ފޮންޓުތަކުގެ ތެރެއިން ބޭނުން ފޮންޓެއް ބޭނުން ކުރައްވައިގެން ޤުރުއާން ކޮޕީ ޕޭސްޓު ކުރެއްވޭނެއެވެ.
އަދިވެސް ހަމައެޔާއެކު ޤުރުއާނުގެ ތަރުޖަމާވެސް އެފަދައިން ބޭނުންކުރެއްވޭނެއެވެ.
ވެބް އެޑްރެސް: www.tanzil.net

Post a Comment

1 Comments

Anonymous said…
މިއީ ވަރަށް މުހިއްމު ބޭނުންތެރި ސައިޓެކެވެ. މިފަދަ ގިނަ ދިވެހި ސައިޓްތަކަށް ފެންބޮވައިގެންފައި ތިބި އެތަކެއް ދަރީން މި ދީބުގައި ތިބިކަމަށް ލަފާ ކުރެވެއެވެ. އެގޮތުން އިސްލާމް ދީން އުގެނުމަށްޓަކާ އަޅުގަޑުމެންނަށް ދިވެހި ބަހުން ހަމަ މިގޮތަށް ކިޔާލެވޭނެ ހަދީޘް ސައިޓެއް ތަޢާރަފް ވުމަކީ ވަރަށް އުފާވާނެކަމެކެވެ. މިހާރުވެސް މި ދިވެހި އުދަރެހުން އެފަދަ ސައިޓެއް އަޅުގަޑަށް ފެނިފައި ވެއެވެ. ނަމަވެސް އެއީ ހަމައެކަނި ރިޔާޟުއްޞާލިޙީން އަށް ޚާއްޞަ ކުރެވިފައިވާ ސައިޓެކެވެ. ތިރީގައި އެވަނީ އެ ސައިޓްގެ އެޑްރެހެވެ
http://www.hadees.com.mv/