ޢަރަބި ގަޑީގެ ހަވަނަ ފިލާވަޅު ޑައުންލޯރޑު ކުރައްވާ

ޢަރަބި ގަޑިގެ ހަވަނަ ފިލާވަޅު
أبو عبد الله عبد الرحيم بن محمد المدني

ޢަރަބިބަހަކީ ކީރިތި ޤުރުއާނުގެ ބަހެވެ. އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެބަހަކުން ވާހަކަދެއްކެވި ބަހެވެ. ﷲ ތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ބަޔާންވެގެން އައި ބަހަކީ ޢަރަބި ބަހެވެ. ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ޢަރަބި ބަސްވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް ދެެނެގަތުމަކީ ފަރުޟުވެގެންވާ ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތާއިި އަދި ސުންނަތް ދެނެގަތުމަކީ ވާޖިބެކެވެ. އެދެކަންތައްތައް ޢަރަބި ބަސް ނޭންގޭނަމަ ދެނެނުގަނެވޭނެއެވެ. ވާޖިބެއް ފުރިހަމަކުރުމަށް ކުރަންޖެހޭ ކޮންމެ ކަމަކީވެސް ވާޖިބެކެވެ."

ކޮންމެ މުސްލިމަކަށް ވެވުނު މިންވަރަކުން ޢަރަބި ބަސް ދެނެގަތުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންވާ ކަމެކެވެ. އެއީ އަޅުކަމުގެ އެންމެހާ ކަންތައްތަކުގައި ދެމިހުރުމަށްޓަކައެވެ. އަދި އެބަސްދެނެގަތުމުން ޙަރާމް ޙަލާލްވަކިކުރުމަށާއި އަދި ﷲ ސުބުހާނާހޫ ވަތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފަހައްޓައިގެން ހުރުމަށް ހުޅުވިގެންދާ މަގެކެވެ.

އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ އަންހުވިދާޅުވެފައިވެއެވެ. ތިޔަބައިމީހުން ސުންނަތާއި އަދި ތަރިކަމުދަލުގެ ޢިލްމު އުގެނޭފަދައިން ނަޙޫ(ޢަރަބި ބަހުގެ ޤަވާއިދު) އުގެނޭށެވެ.

ހަވަނަ ފިލާވަޅު ޑައުންލޯރޑު ކުރެވޭނެ ލިންކު
Sixth Lesson
ކުރީގެ ފިލާވަޅުތައް ޑައުންލޯރޑު ކުރައްވާ: ލިންކުLink

Post a Comment

0 Comments