الحمد لله رب العالمين والصلاة والسلام على نبينا محمد و آله و صحبه أجمعين أما بعد.
މިއީ މިޒަމާނަކަށް އައިސް މީސްތަކުން ވަރަށް ފަރުވާ ކުޑަކުރަމުންދާ ކަމެކެވެ. މިއީ ވަރަށް ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ޙަދީޘްގައި ވަރަށް ހަރުކޮށް މިކަމަށް ނަހީ އައިސްފައިވެއެވެ. ނަމަވެސް އަޅުގަނޑުމެން ތެރޭގައި ވަރަށް ކުޑަކަމެއް ކަމަށް ދެކިގެން ކުރެވުމުންދާ ކަމެކެވެ. އެހެންކަމުން ދީނީ ގޮތުން މިކަން އޮތް ގޮތް އޮޅުން ފިލުވައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(لَأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لَا تَحِلُّ لَهُ) رواه الطبراني في المعجم الكبير: 486 و صححه الألباني.
މާނާއީ: "އެމީހަކަށް ހުއްދަނުވާ (ހިލޭ) އަންހެއްނެއްގެ ގައިގައި އަތްލުމަށްވުރެ، އެމީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުން މާ ހެޔޮކަން ބޮޑެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (إِنِّي لَا أُصَافِحُ النِّسَاءَ) رواه النسائي (4181) و صححه الألباني.
މާނައީ: "ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމްނުކުރައްވަމެވެ."
އައްލާމާ މުޙައްމަދު އަމީން ޝަންޤީޠީ ރަޙިމަހުﷲ މަތީގައިވާ ޙަދީޘަށް އިޝާރާތްކުރައްވަމުން އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "ބަޢިއަތުގެ ވަޤުތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނާއި އަތާއަތް ޖޯޑުނުކުރެއްވުމުން ސާފުވެގެންވާ ގޮތުގައި ދަލީލުކޮށްދެނީ (ހިލޭ) އަންހެނުން ފިރިހެނުންނާއި އަތާ އަތްޖޯޑުކުރުން ނުވާކަމެވެ. ފިރިހެނުންގެ އެއްވެސް ހިސާބެއް (ހިލޭ) އަންހެނާގެ ގައިގައި ބީހިގެން ނުވާނެކަމެވެ. ސަބަބަކީ އެންމެ ކުޑަމިންވަރަކަށް އަތްލެވޭނެ ގޮތަކީ އަތާއި އަތްޖޯޑުކޮށްގެން ކަމަށް ވާތީއެވެ. އެކަލޭގެފާނު އަތާއި އަތްޖޯޑުކުރަން ޖެހޭ ވަޤުތެއްގައި އެއީ ބައިޢަތުގެ ވަޤުތުގައި އެކަމުން މަނާވެ ގަތުމުން އެކަމުން ދަލީލުކޮށްދެނީ އެކަން ހުއްދަވެގެން ނުވާކަމެވެ. އަދި އެއްވެސް މީހަކަށް އެކަމާ ޚިލާފުވުން ނުވެއެވެ. ސަބަބަކީ އަހަރެމެންގެ މައްޗަށް ވަނީ އެކަލޭގެފާނު ބަސްފުޅުތަކާއި އަދި ޢަމަލުފުޅުތަކާއި ތަޤުރީރުތަކަށް ބޯލެނބުމަށް ޝަރުޢުކުރެވިގެންނެވެ." اهـ
އަދި ހަތަރު މަޒުހަބުގައިވެސް އޮންނަނީ މިފަދައިންނެވެ. އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "(ހިލޭ) އަންހެނާގެ ގައިގައި އެއްވެސް ތަނެއްގައި އަތްލުން ހުއްދަވެގެން ނުވެއެވެ."
ކިތާބުލް މަޖްމޫޢު. 4/514
ވީމާ މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވުމަކީ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގަކީ އެޔެވެ. އެންމެ ހެޔޮ މަގަކީ އެކަލޭގެފާނުގެ މަގެވެ. ގިނަމީހުން ކުރުން އެއީ ޙަރާމްކަމެއް ނުކުރަން އޮތް ސަބަބަކަށް ނުހަދާށެވެ. ޙައްޤުގައި ލަދުގަތުމެއް ނުވެއެވެ.
وصلى الله وسلم على نبينا محمد و آله و صحبه. ނިމުނީ.

0 Comments