ރާއްޖޭގައި ހިޔާލުތަފާތުވުން އޮތީ ދީނީމީހުންގެ މެދުގައި ކަމަށް ބުނާމީހުންނަށް ދޭ ޞައްޙަ ޖަވާބު
ބައެއް ނޫސްތަކަށް ލިޔުއްވަމުން ގެންދަވާ ބޭކަލުން ވަރަށް ޖަޒުބާތީވެ ދިވެހިރާއްޖޭގައި އުފެދޭ ހަމަނުޖެހުންތަކުގެ އަސްލަކީ ދީނީ މީހުން ކަމަށް ބުނާ ބުނުމަށް އެއްޗެއް ބުނަން ޖެހެއެވެ. ސަބަބަކީ ދިވެހިރާއްޖޭގައި ދީނީ މީހުންނަށްވުރެ ސިޔާސީ ޑިމޮކްރަސީގެ އަހުލުވެރިންގެ މެދުގައި ހުރި ހިޔާލު ތަފާތު ވުންތައް ނުފެނި ކުއްލިއަކަށް މަޖިލީހުގެ މެންބަރެއްގެ ޤަތުލުކުރުމާއެކު އެކަންމެދުވެރިވާން ދިމާވި ސަބަބަކީ ދީނީ ހިޔާލުތަފާތުވުންތައް ކަމުގައި ތުހުމަތުކޮށް ބަޔެއްގެ ބޮލުގައި އެޅުވުމަށް ފޫގަޅައި އެބައިމީހުން މަސައްކަތްކުރަމުންދަނީއެވެ. ޑިމޮކްރަސީގެ އަހުލުވެރިންނަށް އެބައިމީހުންގެ މެދުގައި ހުރި ތަފާތުތައް ނުފެންނަކަމީ ހައިރާންވާން ޖެހޭނެ ކަމެއްނޫނެވެ. އަދި ބައެއްމީހުން ބުނެފައިވާ ބަސްތައް ދީނީ މީޙުންނަށް ނިސްބަތްވާ ގޮތަށް ބުނެފައިވާ އިރު ދިވެހިރާއްޖޭގެ ޕާރޓީތަކަށް ނިސްބަތްވާ ޑިމޮކްރާނުން ސޯސަލް މީޑިޔާއި ޑރ.އަފުރާޝީމު މަރުވެގެން "ހަމަ މަރަންވީ" ކަމަށް ބުނެފައި ހުރި ވާހަކަތައްވެސް އެބަހުއްޓެވެ. ނަމަވެސް މިބައިމީހުންނަށް މިކަންކަން ކަނުވެފައިވާ ފަދައެވެ.
ދިވެހި ހަރުބަހެއްގައި ބުނާހެން އެބައެއްގެ މެދުގައި ހުރި ކަންކަން ނުފެނި އެހެން މީހުންގެ ކުށްތައް ހަމައެކަނި ފެންނަ ނަމަ އެވާނީ ގުދޯގުދޯއަށެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެވުމާއެކުގައި ޕާރޓީތައް އުފެދި އެއްޕާރޓީގެ މީޙުން އަނެއްޕާރޓީ މީހުންނާއި ވާހަކަ ނުދައްކައި ދަރިންނާއި ބަފައިންނާއި އަނގައިން ނުބުނެ ވަރިފަށަށް އަރައި ރޫޅުނީ ކިތައް އާއިލާހެއްޔެވެ؟ އަދި ދިމިގްރާތީން މިއީ ހުޅަނގުގެ ޑިމޮކްރަސީގެ ރީތި އުސޫލެއްކަމަށް ބުނެ އެކަން ފޮރުވުނަ އުޅުނަސް ދިވެހިރާއްޖެ އެންމެ ބޮޑަށް ބައިބައިކުރި އެއްޗަކީ ޑިމޮކްރަސީއެވެ. އޭގެ ކުރިންވެސް ދިވެހިރާއްޖޭގައި ފިޤުހީ މައްސަލަތަކާއި ދީނީ މީހުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުއްޓެވެ. ނަމަވެސް މިވަރެއް ނުވެއެވެ. ޑިމޮކްރަސީއަށް އަޅުކަން ކުރާ ބޭކަލުންނަށް މިމަންޒަރު ހަމަ ނުފެނޭބާއެވެ؟
ޑިމޮކްރަސީގެ ނަމުގައި އެބައިމީހުން ތަފާތު ޕާރޓީތައް ހަދައި އެއްބަޔަކު ތިމަންނަމެންކަންކުރާނީ މިހެންނޭ ބުނީޔާ އަނެއްބަޔަކު ބުނާނީ ކަންކުރާނީ އެހެން ނޫންކަމަށެވެ. އެއްބަޔަކު ރީނދޫ ކުލަނޫނީ ކަމުނުދާއިރު އަނެއްބަޔަކަށް ބިލިމަގުމާކުލަނޫނީ ކަމުނުދެއެވެ. ދެބައިމީހުން އެއްބަޔަކު އަނެއްްބަޔަަކށް މަގުތަކުގަޔާއި ނޫސްތަކުގަޔާއި ޒުވާބުކޮށް ހަދައެވެ. ދެބައިމީހުން މާރާމާރީތައް ޑިމޮކްރަސީއަށްޓަކައި ހިންގީ ކިތައް ރަށުގަތޯއެވެ؟ އެއްބަޔަކު ރަށްރަށަށް ނާރުވަން ޑިމޮކްރަސީގެ އަހުލުވެރިން ބަންދުކުރީ ކިތައްރަށުގެ ނެރުހެއްޔެވެ؟ މިއީ ދީނީ މީހުންގެ މެދުގައި އޮތް ޚިލާފުތަކެއްނޫނެވެ. ނަމަވެސް ކުފުރުގެ ޑިމޮކްރަސީއަށް އަޅުދާސްތުވެފައިވާ ދިމިގްރާތީންނަށް މިމަންޒަރު ހަމަ ނުފެނޭ ބާއެވެ؟
ޑިމޮކްރަސީއައުމުން މިދިވެހިރާއްޖޭގައި އާއިލާތައް ރޫޅެން ފެށީ ކިހިނަކުން ހެއްޔެވެ؟ އަންހެނުން އެއްޕާރޓީވެފައި ފިރިމީޙާ އަނެއްޕާރޓީ ވުމުން ވަރިކުރަން ޖެހުނީ ކިތައް ފަހަރުހެއްޔެވެ؟ އަދި މައިންނާއި ދަރިން ޕާރޓީގެ ސަބަބުން ގުޅުން މިހާރުވެސް ދިވެހިރާއްޖޭގައި ބައްޕަ ނުވަތަ މަންމަ އެހެން ޕާރޓީއެއްވުމުން ގުޅުން ކަނޑާލާއި ޑިމޮކްރަސީއަށް ތާއީދުކުރަމުން އެދަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ފަހަރެއްގައި މިއީ ޑިމޮކްރަސީގެ އަހުލުވެރިންނަށް ނުފެންނަ ކަންކަމަށްވެސް ވެދާނެއެވެ. ނަމަވެސް ހިތަށް އަރަނީ މިއީ ހިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން ދާން ޖެހޭ ފެންވަރުހެއްޔެވެ؟ ޑިމޮކްރަސީގެ އަހުލުވެރިންނަކަށް ވާ މިމަންޒަރުތަކެއް ނުފެނެއެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ ތަޢާރުފުވުމާއި ހަމައަށް ކާޅަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ގޮނޑުދޮށް ތަކުގައި މިނިވަންކަމާއެކުގައި މިނިވަންކަމުގައި އުޅުނު އެއްޗެކެވެ. އެއެއްޗެހި ދިޔައީ ﷲ ދެއްވި ނިޢުމަތްތައް މިނިވަންކަމާއެކުގައި ބޭނުންހިފަމުންނެވެ. ނަމަވެސް ޑިމޮކްރަސީ އައުމާއެކު އެސޮރުމެންވެސް ޑިމޮކްރާނުންގެ ކޮށިތަކުގެ އަޅުންތަކަކަށް ވެއްޖެއެވެ. ދިވެހިރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ބަކަރިއެއް މީހެއްގެ ނަމުގައި ޑިމޮކްރަސީ އައުމުގެ ކުރިން މެނުވީ ނުކަތިލައެވެ. ކުލަ ޖައްސައި އެއީ މިޔަނި ޕާރޓީގެ އެވަނި މީހާ ކަމަށް ބުނެ ޤުރުބާން ކުރަން ފެށީ ކުފުރުގެ ޑިމޮކްރަސީ އައުމާއެކުގައެވެ. އެބައިމީހުންގެ ބޮލަށް ސަވާރުވެފައިވާ ކުފުރުގެ ޑިމޮކްރަސީ ސަވާރުވި މީހުންނަށް މި ޚިޔާލުތަފާތުވުންތަކާއި މި ޖަރީމާތައް ހަމަ ނުފެނޭބާއެވެ؟
އަދިވެސް ދިވެހިރާއްޖޭގައި ޕާރޓީއަށް ނިސްްބަތްވާ މީހެއްނޫންވިއްޔާ އެމީހެއްގެ އަގުވައްޓާލައި އެއްބަޔަކު އަނެއްބަޔަކަށް ބޭރުގައުމުތަކުގައި ވީޑިޔޯތައް ރެކޯޑުކޮށް އަންހެންކުދިން ފޮނުވާ އެމީޙުން ލައްވާ މީހުން ލައްވާ ކަންކަން ކޮށް ވީޑިޔޯ ކުރުމަށްފަހު އެއްޕާރޓީން އަނެއްޕާރޓީގެ މައްޗަށް ގަދަވުމަށް މަސައްކަތްފެށީ ޑިމޮކްރަސީއައިފަހުންނެވެ. މިހުންނަނީ އިންސާނުންގެ ތެރޭގައި ވިސްނޭ ބަޔަކުވިއްޔާ ކުރާނެ ކަންކަމެއްނޫނެވެ. ނަމަވެސް މިހުރިހާ ކަމެއް ނުފެނި ހަމައެކަނި ވަކިބަޔެއްގެ ބޮލަށް ފޫޅު ކަނޑާލުމަށްފަހު ވަކިބަޔެއްގެ ބޮލުގައި ކަންކަން އެޅުވުމުން ހަމައެއްނުޖެހެއެވެ. މިއީ ޑިމޮކްރަސީގެ އެއްއުނިކަމެވެ. ޑިމޮކްރަސީގެ
އަހުލުވެރިންނަށް މިކަންކަން ހަމަ ނުފެނޭބާއެވެ؟
ޑިމޮކްރަސީގެ ނަމުގައި މަރާލުމަށް ލިސްޓު ނެރެ ސިހުރު ހަދައި އެއްބަޔަކު އަނެއްބަޔަކަށް އަންޑަރގުރައުންޑުން ހަމާލާދީ ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި ދެރޭން އެއްރޭ މުޒާހަރާކޮށް ކޮންމެސް ތަނެއްގައި ރޯކޮށް ރަށްރަށުގައި ބައިބައި ވުމަށް ބާރު އަޅައި ކުދިކުދި ރަށްތައް ފޮތިފޮތިވެފައިވާ މަންޒަރު މިޑިމޮކްރާނުންނަށް ނުފެންނަނީ ބާވައެވެ؟ ކުދި ކުދި ރަށްރަށަށް އަރާލުމުން މީގެ ކުރިން ނުދާ ހާލަށް ދިވެހި ކުދިކުދި އެކުވެރި އިސްލާމީ ރަށްތައް ދިޔަކަން އެބައިމީހުން މާލޭގެ ފިނިކުރި ކޮޓަރިތަކުގައި ބޮޑު މުސާރަ ހިއްޕަވައިގެން ދީނުގެ ބައެއްކަންކަމަށް މަލާމާތްކޮށް ފާހިޝްކަންކަން ފަތުރައި ހަދައިގެން ހޯދާ މަޝްހޫރުކަމަކީ މާމޮޅު ކަމެކަމަށް އެބޭފުޅުންނަށް ހީވިޔަސް އެއީ ކިހާވަރެއްގެ ކަމެއްކަން ދެނެވޮޑިގެންވާނީ ﷲއެވެ.
ދިވެހިރާއްޖޭގައި އެކިއެކި ވުޒާރާތަކުގައި ދެފުށް ފެންނަގޮތަށާއި އަރިމަތިމަތި ފެންނަގޮތަށް ވީޑިއޯތައް ނެރެ އެއްބަޔަކު އަނެއްބަޔަކަށް ފޯނުކޯލުތަކާއި އެއްޗެހި ރެކޯޑުކޮށް މަގުމަތީގައި މުޒާހަރާކޮށް ނިދަންތިބޭ މީހުންގެ ޅަދަރިން ޑިމޮކްރަސީގެ ނަމުގައި ފިއްކަނޑުވައި ސުކޫލުތަކުގެ ކައިރީ މުޒާހަރާކޮށް މިކަންތައްތައް ފެންނަން ފެށީ ދީނީ މީޙުންގެ ކިބައިންހެއްޔެވެ؟ ނުވަތަ ދިމިގްރާތީ މީހުންގެ ކިބައިން ހެއްޔެވެ؟ ޑިމޮކްރަސީގެ މިނިވަން ނޫސްވެރިންނަށް ދުނިޔޭގެ އެއްފަޅި ފެނި އަނެއްފަޅި ކަނުވެއްޖެއެވެ. ކޮންކަހަލަ ނޫސްވެރިކަމެއް ހެއްޔެވެ؟ ޑިމޮކްރާނުން ލާރިކޮޅެއް ދިނީމާ އެއްދުވަސް ވަރެއްގައި އެއްކޮޅަށް ލިޔެފައި އަނެއްކޮޅަށް ލިޔެވުނީމާ ބައެއް ބޭބޭކަލުންނަށް ޒިންމާދާރު ނޫސްވެރިކަން ކުރެއްވުނީއެވެ. الله المستعان
ނޫސްވެރިކަމުގެ ނަމުގައި ދީނުގެ ހުކުމްތަކަށް އިންކާރުކޮށް ފާޙިޝް މިޔުޒިކާއި ޙަރާމްކަންކަން ފަތުރައި އެބައިމީހުންގެ އެކަންކަމާއި ދެކޮޅަށް ބަޔެއް ފަރާތްތަކުން ދައްކާވާހަކަ ތަކާއި ދެކޮޅު ހެދުމަށް ހަޤީޤަތެއް ނުބަލައި ބަޔެއްގެ ބޮލަށް ކަމެއް މަހާލައި ފޫޅު ކެނޑުމަކީ ނޫސްވެރިކަމުގެ ނާގާބިލްކަމެވެ. އެހެނީ ވަރަށްފަހުން ސީރިޔާގައި އަހުލުއް ސުންނާ ވަލްޖަމާޢާތާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޝީޢާއިންނަކީ ބަތަލުންނަށް ހަދައި އަހުލުއް ސުންނާއަށް ނިސްބަތްވާ ގޮތަށް ބަދުބަސްތައް ބުނެ ހެދުމުން ފޭސްބުކުފަދަ ސޯސަލް ނެޓުވޯރކުތަކުގައި މިކަންކަން ކުއްވެރިކުރުމުން ދެނެގަންނަން ޖެހޭ ކަމަކީ ތިމާމެންގެ ޖާހިލުކަމެވެ. އިސްލާމްދީނުގެ ކަންކަން ނޭނގި ހުކުމްޖަހައި ހަމަ ނޫހެއްގެ އެޑިޓަރެއްވިޔަސް ނުލިޔެވޭނެ ކަމެވެ. އެކަންކަން ބަޔަކު ފާހަގަކުރީމާ އެކަމުގެ ރުޅިއަށް ބަޔެއްގެ ބޮލުގައި ގުދޯގުދޯކޮޅެއް އަޅުވާލުމަކުން ނުފުދޭނެއެވެ.
ކުށް ގަބޫލުކުރުމަކީ ރީތީ ގޮތެކެވެ.
އެބައިމީހުން އެމީހަކު ބޭނުން ޕާރޓީއަކަށް ދެވޭނެކަމަށާއި ބޭނުންހެދުމެއް ލެވޭނެ ކަމަށާއި ބޭނުންކަމެއް ކުރެވޭނެ ކަމަށް ޑިމޮކްރަސީގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ނޫސްތަކުގައި ލިޔެހަދައެވެ. ނަމަވެސް މީހަކު އެމީހަކު ދާން ބޭނުންވާ މިސްކިތަކަށް ދިޔުމުން އެއީ މައްސަލައެކެވެ. މީހަކު މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާގޮތަށް މޫނު ބުރުގާ އެޅީމާ އެއީ މައްސަލައެކެވެ. މީހަކު އެމީހަކު އަޑު އަހަން ބޭނުންވާ ޝެއިޚެއްގެ ދަރުސްގައި ހުރީމަ އެއީ މައްސަލައެކެވެ. މީހަކު އެމީހަކު ތުނބުޅި ދިގުކުރަންވެގެން ތުނބުޅި ދިގުކުރީމާ އެޔަށް ފުރައްސާރަކުރެއެވެ. އިސްލާމްދީނާ ޖެހިއްޖިއްޔާ އެމީހުންގެ ޑިމޮކްރަސީގެ އުސޫލެއް ހިޔާލު ފާޅުކުރުމެއް އިންސާނީ ޙައްޤު ކޮބައިހެއްޔެވެ؟ އިސްލާމްދީނުގައި ހަރާމްކަމެއް ނުވަތަ އިސްލާމްދީނަށް ނިސްބަތްވާ ބާތިލު ފިރުޤާތައް އެބައިމީހުން ފަތުރަންޏާ އެކަމާ ދެކޮޅު ހަދާ ވާހަކަ ދައްކައިފިއްޔާ އެމީހުންނަށް އެކަމެއް ކަމަކު ނުދެއެވެ؟ ކޮންކަހަލަ މިނިވަން ނޫސްވެރިކަމެއް ހެއްޔެވެ؟
އަޖައިބުގެ މައްޗަށް އަޖައިބު ނުވޭތޯއެވެ؟
ޤަލަމާއި ވިސްނުމާއި މިނިވަންކަމާއި ޑިމޮކްރަސީއޮތިއްޔާ ބޭނުންއެއްޗެއް ލިޔެވިދާނެއެވެ. ނަމަވެސް ޙައްޤު ތެދުވަނީ އެހެންވާދީއެއްގައެވެ. މިބައިމީހުންވަނީ އެހެން ވާދީއެއްގައެވެ. އެފަދަ ބޭފުޅުންނަށް އޮތީ އިސްލާމްދީނާއި ބައިލޮޖީގެ ތަފާތު ދެނެގަތުމެވެ. ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތު ދައްކަވާށިއެވެ. އާމީން.
ނިންމުން
ކޮންމެ ގޮތެއްވިޔަސް މާތް ނަބިއްޔާ ވަނީ މިއުއްމަތް ހަތްދިހަ ތިންބަޔަށް ބައިވާނެ ކަން އަންގަވާފައެވެ. އަދި ކީރިތި ޤުރުއާނުގައި މާތް ނަބިއްޔާގެ ސުންނަތަށް ފުރަގަސްދޭ މީހުންނަކީ ހަވާ ނަފުސަށް ތަބާވާ މީހުންކަމުގައި އަންގަވާފައެވެ. .
ޞައްޙަ ހަދީޘުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިކަމަށް ޘާބިތުވެފައިވެއެވެ.
"افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي". وفي بعض الروايات: هي الجماعة.
رواه أبو داود والترمذي وابن ماجه والحاكم، وقال: صحيح على شرط مسلم.
މާނައީ: ޔަހޫދީން ހަތްދިހަ އެއްބަޔަށް ބައިވިއެވެ. އަދި ނަޞާރާއިން 72 ބަޔަށް ބައިވިއެވެ. އަދި މިއުއްމަތް 73ބަޔަށް ބައިވާހުއްޓެވެ. އެންމެ ބަޔެއްފިޔަވައި އެހުރިހާ ބައެއް ވާހުށީ ނަރަކައިގައެވެ." އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ރަސޫލުﷲއެވެ. އެއީ ކޮންބައެއްހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ގޮތުގައި ހިފަހައްޓައިގެން ތިބިމީހުންވެ."
ބައެއް ރިވާޔަތްތަކުގައިވެއެވެ. "އެއީ ޖަމާޢަތެވެ."
އަޅުގަނޑުމެން ދުޢާކުރަންވީ އަޅުގަނޑުމެންނަކީ ނަޖާވާ ޖަމާޢަތުގެ ތެރެއިން ވާ ބަޔެއްކަމުގައި ވޭތޯއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ... ޤަޞަޞް 50 ވަނަ އާޔަތް
މާނައީ: ފަހެ އެބައިމީހުން ކަލޭގެފާނަށް ތަބާނުވެއްޖެކަމުގައި ފަހެ ދަންނާށެވެ. ހަމަޔަޤީނުންވެސް އެބައިމީހުން އެތަބާވަނީ ހަމައެކަނި އެބައިމީހުންގެ ހަވާނަފުސަށެވެ."
ވީމާ ﷲއަށް އީމާންވުމަށްފަހު ރަސޫލާއަށް ތަބާވުމަކީ ޗޮއިސްއެއްނޫނެވެ. އެއީ މިއުއްމަތުގެ ނަޖާވާން ބޭނުންވާ މީހުންނަށް އޮތްގޮތެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަކީ މިދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައިވާ ދެ މަޞްދަރެވެ. އެދެ މަޞްދަރަށް އިންކާރުކޮށްފިމީހުންނަކީ ކާފަރުންނެވެ.
ނިމުނީ
ނޯޓު: މިލިޔުމަކީ
http://www.haveeru.com.mv/dhivehi/opinion/128210
މި ލިޔުން ކިޔާލުމަށްފަހުގައި ޢާންމުގޮތެއްގައި އެލިޔުމުގައި އެބުނާ ކަންކަމާމެދުގައި އެއްބަސްނުވެވޭ ބައެއްކަންކަމާމެދުގައި އަޅުގަނޑު ހިތަށް އަރާ ނުކުތާތައް ހާމަކޮށްލަން ލިޔެވިފައިވާ ރެސްޕޮންސެކެވެ. .

4 Comments