މި ބުލޮގުގެ ތަޢާރަފު

بسم الله الرحمن الرحيم 

 إن الحمد للّه نحمده ونستعينه ونستغفره، ونعوذ باللّه من شرور أنفسنا وسيئات أعمالنا، من يهده اللّه فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا اللّه وحده لا شريك له، وأشهد أن محمداً عبده ورسوله. {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلاَّ وَأَنْتُمْ مُسْلِمُونَ}. {يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً}. {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيداً يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً}.أما بعد: فإن أصدق الحديث كلام اللّه، وخير الهدي هدي محمد - صلى الله عليه وسلم - وشر الأمور محدثاتها، وكل محدثة بدعة، وكل بدعة ضلالة، وكل ضلالة في النار. 

 އެންމެހާ ޙަމްދު ތަޢުރީފާއި ސަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި އަޅަމެން އެހީއާއި މަދަދަށް އަދި ވާތްގަށް އެދެނީ އެއިލާހުގެ ހަޟްރަތުންނެވެއަދި ފާފަ ފުއްސެވުމަށާއި އަދި ރައްކާތެރިކަމަށް އެދެނީވެސް ހަމަ އެ މަތިވެރި އެއްކައުވަންތަ އިލާޙުގެ ޙަޟްރަތުންނެވެ . އެއިލާހު ތެދުމަގު ދައްކަވައިފި ފަރާތެއް މަގުފުރެއްދޭނެ ފަރާތެއްނުވެއެވެ. އަދި އެއިލާޙު މަގުފުރައްދަވައިފި ފަރާތަކަށް ތެދުމަގު ދެއްކޭނެ ފަރާތެއްނުވެއެވެ. ﷲ عزوجل ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ކުރެވޭ ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހަށް އެއްވެސް ބައިވެރިޔަކު ޝަރީކަކުނުވެއެވެ. އަދި އެއިލާހުގެ އަޅާ މުޙައްމަދު محمد صلى الله عليه وسلم އަކީ މިއުއްމަތުގެ މާތް ނަބިއްޔާ އަދި ރަސޫލާކަމަށް އަޅުހެކިވަމެވެ. އަދި މި ޞަލަވާތުގައި އެކަލޭގެފާނުގެ (محمد صلى الله عليه وسلم) އެންމެހާ އަހުލުބައިތުންނާއި އަޞްޙާބު ބޭކަލުން އަދި ގިޔާމަތާއި ހަމައަށް އެކަލޭގެފާނަށް ތަބާވީ އެންމެހާ މީސްތަކުން ސާމިލުކުރަމެވެ. އާމީން السلام عليكم و رحمة الله و بركاته މިބުލޮގަކީ ކީރިތި ޤުރުއާނާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުންނަތާއި އަދި ޞަޙާބީ ބޭކަލުން ހިންގެވި ސާފުމަގުގެ އަލީގައި މަޢުލޫމާތާއި އަދިވެސް އެނޫންވެސް މައުލޫމާތު ހިއްސާކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބުލޮގެކެވެ. ދުޢާއަކީ މިބުލޮގުގެ ޒަރީއާއިން މުސްލިމުން އަޚުންނާއި އުޚުތުންނަށް ފައިދާކުރާ ބުލޮގެއްކަމުގައި ލެއްވުމެވެ. އަދި މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާ މަސައްކަތްކަމުގައި ލައްވައި މި މަސައްކަތުގައި ބަރަކާތް ލެއްވުމެވެ. 
 މިބުލޮގުގެ ޝިޢާރު
 فَمَن يَكْفُرْ‌ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْ‌وَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾ 
Whoever disbelieves in Taghut and believes in Allah, then he has grasped the most trustworthy handhold that will never break. And Allah is All-Hearer, All-Knower. 

 މިބުލޮގުގެ ލަނޑުދަނޑިތައް 

1. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމާ ބެހޭ މަޢުލޫމާތުތައް ފަތުރައި މުސްލިމެއްގެ ޞައްޙަ ޢަޤީދާއަކީ ކޮބައިކަން ބަޔާންކުރުން 

2. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ކަންކަން ބަޔާންކޮށްދީ އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދިނުން 

3. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީބޭކަލުން ހިންގެވި މަގަކީ ކޮބައިކަން ބަޔާންކޮށް އިސްލާމްދީނުގެ ޞައްޙަ މަންހަޖު ބަޔާންކޮށްދިނުން އަދި އަހުލުއް ސުންނަތް ވަލްޖަމާޢަތުގެ ޢިލްމުވެރިން ތަޢާރަފުކޮށްދީ އެބޭކަލުންނަކީ ކޮންބައެއްކަން ބަޔާންކޮށްދިނުން. 

 4. އިސްލާމްދީނާއި ބެހޭ ޢާންމު މަޢުލޫމާތުތަކަށް ހޭލުންތެރިކޮށް ދީނުގެ އަދުއްވުންގެ ސިފަތަކާއި އެމީހުންގެ ރޭވުންތައް ބަޔާންކުރުން. 

 5. ޢަރަބި ބަސް ދިވެހިންނަށް ދަސްކޮށް ދިނުމަށް މަސައްކަތްކުރުން ___________________ 

 6. ޢާންމު އެކިއެކި މަޢުލޫމާތުތައް ޙިއްޞާކުރުން 

7. އެކިއެކި ފޮތް ރިވިއުކުރުން އަދި ވެބްސައިޓު ރިވިއުކުރުން މިބުލޮގުގައި ހިމެނޭ ގިނަ ލިޔުންތަކަކީ ދިވެހިބަހަށް ތަރުޖަމާކުރެވިފައިވާ ލިޔުންތަކެވެ. 

 މިބޮލުގައި މައިގަނޑު ހިމެނޭ ބައިތައް 

ހ.ތަޢުޙީދު އަދި ޢަޤީދާ، 

ށ. އިސްލާމްދީން. 

ނ. ޢިލްމުވެރިންނާއި މުޖާހިދުން. 

ރ.ޢަރަބިބަހާއި ދިވެހިބަސް. 

ބ. ޢިބުރަތްތެރިވާހަކަ. 


ލިޔުންތައް ބޭނުންކުރައްވާ ބޭފުޅުންނަށް: 

މިބުލޮގުގައިވާ ދީނީ (ހަމައެކަނި ދީނީ ލިޔުންތައް) ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ދައުވަތުގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އަދި މި ބުލޮގަށް ކުރެޑިޓް ދިނުމަކީ އެދެވިގެންވާ ކަމެއްކަމުގައިވެސް ދަންނަވަމެވެ. އެންމެ ރަނގަޅަށް ފެނިވަޑައިގަންނަވާނީ މި ބުލޮގު އެންމެ ރަނގަޅަށް ފެނިވަޑައިގަންނަވާނީ ފަޔަރފޮކްސް އިންނެވެ. ނިންމުން އަދި އިސްލާމްދީނާއި ފުށުއަރާ އެއްވެސް ލިޔުމެއް ނުވަތަ ކުށެއްވާނަމަ ކޮމެންޓު ނުވަތަ އީމެއިލްގެ ޒަރީޢާއިން އެކަން ފާހަގަކޮށްލަދިނުމަކީ އެދެވިގެންވާ ކަމެކެވެ. އެކިގޮތްގޮތުން މިބުލޮގަށް އެހީތެރިވެދެއްވާފައިވާ ބޭފުޅުންނަށް ﷲ ހެޔޮރަޙުމަތްލައްވައި އަޅުގަނޑުމެންގެ ކިބައިން މި މަސައްކަތްޤަބޫލުކުރައްވާށިއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ މަގަށް މިކަން ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން. والله أعلم. 
و صلى الله وسلم على نبينا محمد و آله و صحبه أجمعين 

 
އަޅުގަނޑީ: أبو عبد الله عبد الرحيم بن أبي عبدالله بن عبد الله الضهي المدني

އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ޅޮހީ. 

 އީމެއިލް: abuabdullahlhohi@hotmail.com 
 ފޯން: 00966535697134 
______________________________________________________________________
 [1] . رواه مسلم في صحيحه: كتاب الجمعة باب خطبته صلى الله عليه وسلم في الجمعة (6/153) مع شرح النووي، والبيهقي في سننه (3/214)، وأحمد في مسنده (1/ 392) وغيرهم..