އެލެކްސެންޑަރ ދަ ގުރޭޓުގެ ވާހަކަ



ގަދީމީ ޒަމާނުގައި ބާރުގަދަ ރަސްރަސްކަލުންގެ ތެރެއިން ހިމެނޭ އެލެކްސެންޑަރ އަކީ އޭނާގެ އުމުރުން 30 އަހަރު ނުވަނިސް އޭނާގެ ވެރިކަމުގެ ބާރުގެ ދަށަށް 3000 މޭލުގެ ދިގުމިނަށް ފެތުރިފައިވާ ހިސާބެއް ފަތަހަ ކުރެއްވި ރަސްކަލެކެވެ. އެއީ މިޒަމާނުގެ ގުރީކުން ފެށިގެން ގޮސް އިންޑިޔާއާއި ހިސާބަށެވެ. އޭނާ އުފަންވެފައިވަނީ އީސާގެފާނުގެ ކުރިން 356 ވަނަ އަހަރު މެސެޑޯނިޔާއަށެވެ. އެއީ މިހާރުގެ އުތުރު ގުރީސްއެވެ.
އޭނާގެ މަރުމަތީގައި އޭނާގެ ގާތުގައި ތިބިމީހުންނަށް ބުންޏެވެ. އަހަރެން މަރުވުމުން ސަންދޯކަށް ލާއިރުގައި އަހަރެންގެ ދެއަތް ހުޅުވިފައި އޮންނާނެ ހެން ސަންދޯކުގެ ދެފަރާތަށް ހުޅުވިފައި އޮންނާނެ ހެން ބާއްވާށެވެ. އޭރުން އަހަރެން ދުނިޔެ ދޫކޮށްފައި ދިޔައީ ހުސްއަތާކަން އާންމުންނަށް ފެންނާނެއެވެ. ދެން އެލެކްސެންޑަރ މަރުވުމުން އެތަނުގެ މަތީ ފެންވަރުގެ މީހުންނާއި އަދި އާންމުން އެތަނަށް ޒިޔާރަތްކުރަމުން ދިޔައިރު އެންމެންހެން ތިބީ ހައިރާންވެފައެވެ. އަދި މިގޮތަށް އެލެކްސެންޑަރ ދެއަތް ދެފަރާތަށް ހުޅުވައިގެން ބޭއްވިފައި މިވަނީ ކީއްވެގެންތޯ އެބައިމީހުން ސުވާލުކުރާން ފަށައިފިއެވެ. އެވަގުތު އެތަނުގައި ހުރި ބުއްދިވެރި މީހަކު ބުންޏެވެ. " އޭ މީސްތަކުންނޭވެ. އެލެކްސެންޑަރ އެ ބުނެދެނީ އޭނާ ވެރިކަން ކުރިއިރުގައި ދުނިޔޭގައި ވާހައި މުދަލަކާއި މުއްސަނދިކަމެއް އޭނައަށް ހިތުހުރި ގޮތަކަށް ލިބުނު ކަމުގައިވިޔަސް، މަރުވެގެން ދާ އިރުގައި ދާން ޖެހެނީ ހުސްއަތާ އެކަނި ކަމަށެވެ. " ނޯޓު: ޖޭކޭ ޕިންކަރޓަންގެ ލިޔުމަކުން ނެގިފައި

Post a Comment

0 Comments