Two million to perform Haj this year: Al-Farsy

arabnews

ފޮޓޯ އަލްސޭ 
މިފަހަރު ޙައްޖުގެ މަތިވެރި އަޅުކަމުގައި ދެމިލިޔަނަށްވުރެ ގިނަ މީހުން ބައިިވެރިވާނެ ކަމަށް ސަޢޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރު ފުޢާދު އަލް ފަރުސީ ވިދާޅުވެއްޖެއެވެ. އެއީ ސަޢުދިއަރަބިޔާއިން 250000 މީހުންނާއި އަދި ބޭރު ގައުމުތަކުން ބއިވެރިވ 1.75 މީހުންނެވެ. އެގޮތުން މިފަހަރު ހައްޖުގެ އަޅުކަން ފަށާއިރު ކުރީފަހަރުތަކާއި ހިލާފަށް ވަރަށް ބޮޑު ބަދަލުތަކެއް މިފަހަރު އައުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ދަތުރުފަތުރުގެ ނިޒާމަކުންް މިހާރު މުޒްދަލިފާއާއި އަދި މިނާ އަދި މައްކާ ވަނީ ގުޅުވާލާފައެވެ.ރޭލު ނިޒާމު ހުޅުވައިފިނަމަ ހެނދުނު މައްކާގެ ސައިބޮއެގެން މުޒްދަލިފާއަށް މެންދުރުކާންގޮސް އަދި ހަވީރު މިނާގައި ސައިބޮއެގެން ރޭގަނޑު ކެއެެުމަށް މައްކާއަށް އައުމަކީ ހަމައެއްވެސް ކަމެއްނޫނެއެވެ. 
އަދިވެސް އޭގެ އިތުރުން މިފަހަަރު ވަރަށްފަހުން ވަނީ ޒަމްޒަމް ފެން ވިއްކާ އަދި ބަހާ ސެންޓަރެއް ހުޅުވައިފައެވެ. ކުރީ އަހަރުތަކާއި ހިލާފަށް މިފަހަރު ހުރިހާ ގޮތަކުންވެސް ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް ބޮޑަށް ލަފާކުރެވެއެވެ. އަދި މަގުތަކުގެ ޓުރެފިކު މައްސަލަ ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ. މިފަހަރު ދިވެހިރާއްޖެއިން 7 ގުރޫޕުގައި 1400 އަށްވުރެ ގިނަ ޙައްޖުވެރިން ޙައްޖުގެ އަޅުަކަމުގައި ބައިވެރިވެއެވެ. މިހާރު ޙައްޖުވެރިން ދަނީ މަދީނާއަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން ވަރަށްގިނަ ގުރޫޕްތައް މިހާރު މަދީނާއަށް ޒިޔާރަތްކޮށްފައިވެއެވެ.

Post a Comment

0 Comments