އިބުނު ޤައްޔިމު ލިޔުއްވާފައިވާ " ﷲ ގެ ލޯބި"


ތަރުޖަމާ: ޅޮހީ 

ﷲ ގެ ލޯބި

އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ބަޔާންކުރައްވައެވެ. ތިބާ ﷲ ގެ ލޯބި ބޭނުން ވާނަމަ ނުވަތަ އެލޯބި ލިބުމަށް އަވަހަށް އެދޭނަމަ މިބަޔާންކުރެވޭ ދިހަ ކަންތައް ކުރުމުގެ މަތީގައި ދެމިހުންނާށެވެ.

1. ކީރިތި ޤުރުއާން ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ޙުޝޫޢަތްތެރިކަމާއެކު މާނަ ދެނެގަތުމާއެކުގައި ކިޔެވުން

2. ވާޖިބު އަޅުކަންތައް ތައް އަދާކުރުމަށްފަހު ވީހާވެސް ގިނައިން ސުންނަތް އަޅުކަންތައް ކުރުން. އޭރުން ﷲ ތަބާރަކަ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން އެންމެ މަތިވެރި ދަރަޖައިގައި ލިބުމަށް މަގުފަހިވާނެއެވެ. 
3. ކޮންމެ ވަޤުތެއްގައިވެސް ﷲ ގެ މަތިން ހަނދާންކޮށް ޒިކުރުކުރުން. އެއީ ހިތުންނާއި އަމަލުންނެވެ. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބި ލިބުން ބިނާވެގެންވަނީ މިކަމުގެ މައްޗަށެވެ.

4. ތިބާ އެދޭ ކަންތައްތަކަށްވުރެ ﷲ ތަބާރަކަ ވަތަޢާލާ ލޯބިވޮޑިގެންވާ ކަންކަމަށް އިސްކުރުން.

ނޯޓު: އެއީ ތިބާ އެ ނުބައި އަމަލެއް ކުރަން ހިތްއެދޭ ވަގުތުގައި އެކަމެއްގެ މައްޗަށް ﷲ ލޯބިވެ ވޮޑިގެންވާ ކަން އިސްކުރުމެވެ.

5. ﷲ ތަބާރަކަ ވަތައާލާގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުތައް ހިތްމައްޗަށް ގެނައުން

6. އެއިލާހުގެ ފަރާތުން ލިބިފައިވާ ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ފެންނަން ނެތް ނިޢުމަތްތަކުގެ މަތިން ހަނދާންކުރުން.

7. ތިބާ އަޅުކަންކުރާއިރު ހިތްތިރިކުރާ ފަދައިން އަބަދުވެސް ހިތްތިރިކޮށް މަޑުމޮޅިވުން

8. ރޭގަނޑުގެ ތިންބައިކޮށްފައި ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ނުޒޫލުވެވެވޮޑިގަންނަވާއިރު އަޅުކަންމަތީގައި ދެމިހުރުން. އެއީ އެގަޑީގައި ނަމާދުކޮށް، ދުޢާކޮށް އަދި އެއިލާހުގެ ބަސްފުޅު ކިޔެވުމެވެ. އަދި ކިޔަމަންތެރިކަމާ އިޚުލާސްތެރިކަމާއެކު ހެޔޮހިތުން އެއިލާހުގެ ހަޟްރަތުގައި ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވުމެވެ.

9. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބިލިބިގެންވާ ނުވަތަ ރުއްސަވާވޮޑިގެންވާ ޞާލިޙު މީހުންނާއި އެކުގައި އުޅުން. އެއީ ހެޔޮލަފާ ޞާލިޙު މީހުންނާއި އެކު މަޖިލިސްކުރުމާއި އެފަދަ މީހުން ރަޙުމަތްތެރިން ކަމުގައި ހިޔާރުކުރުމެވެ.


10. ﷲ ތަބާރަކަ ވަތަޢާލާއާއި ތިމާގެ ހިތް ދުރުކުރާ ކަންކަމުން ދުރުވެ ހުރުން.

ނޯޓު: މިސާލަކަށް މިޔުޒިކު އަޑުއެހުންފަދަ، ނުވަތަ ފާހިޝް ތަކެތި އަޑުއަހާ ބެލުމުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމެވެ.

ސަމާލުކަމަށް: ނޯޓުގެ ގޮތުގައި ގެނެސްފައި އެވަނީ އިތުރު ތަފުސީލީ އަމިއްލަ ބަޔާނެކެވެ. ވީމާ އަޅުގަނޑު އެންމެން ނަކީވެސް އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ގެ މި ނަޞީޙަތުގެ ބަސްކޮޅުން ފައިދާ ލިބިގަންނަ ބަޔެއްކަމުގައި ލައްވައި ދެ ދުނިޔޭގައި ކާމިޔާބު ލިބޭ ބައެއްކަމުގައި ލެއްވުމަކީ އަޅުގަނޑުގެ ދުޢާ އެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރައްވާށިއެވެ. އާމީން

Post a Comment

4 Comments

Anonymous said…
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޢަބްދުއްރަޙީމުއަށް ހެޔޮ ރަޙުމަތް ލައްވާ އަދި މިފަދަ ގިނަ މަސައްކަތްތަކެއް ކުރުމުގެ ތައުފީޤް ދެއްވާނދޭވެ. އާމީން. އަޅުގަމެންނަށް ބޭނުންވަނީ މިފަދަ ހެޔޮ ނަޞީޙަތުގެ ބަސްފުޅުތަކެވެ. މިއުޒިކާއި ނެށުމާއި އެނޫންވެސް އެފަދަ ހަޑި މުޑުދާރު ނުބައި ކަންތަކެއްނޫނެވެ
Aruzam said…
jazakahllah khair. Aameen..
Anonymous said…
Ibn Abdulrahman thikuravvaa masakkathakee raajje ah mivaguthu varah muhimmu beynuntheri masakkathekeve. Raajjeyge haalathu mihaaru oiy hen heevanee emaahakah emeehehge dheen himaayaiy kuran jehey hisaabugaeve. Subhaanallah! Maaiy Allah alhamen salaamaiy kuravvaan'dheyve. Allah ge dheen mathiveri kurumugai avadhinethi ulhuvvaa beyfulhunnah thiyaagi dhiriulhumakaai aakhirathuge baajjaverikan kuravvaan'dheyve. Aameen.
Aruzam said…
jazakahllah khair.. Aameen
Baarahllah feekum