މި ބުލޮގުގެ ޢަރަބި ގަޑި އިފުތިތާހު ކޮށްފި
މި ބުލޮގުގެ ޢަރަބި ގަޑި މާތް ﷲ ގެ ވާގިފުޅާއި ރަޙުމަތްފުޅާއެކުގައިި ފެށިއްޖެއެވެ. އެގޮތުން ޢަރަބި ގަޑީގެ ފުރަތަމަ ފިލާވަޅު މިހާރު ވަނީ ޑައުންލޯރޑުކުރެވޭނެ ގޮތް ހަދައިފައެވެ. ޢަރަބިބަހަކީ ކީރިތި ޤުރުއާނުގެ ބަހެވެ. އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެބަހަކުން ވާހަކަދެއްކެވި ބަހެވެ. ﷲ ތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ބަޔާންވެގެން އައި ބަހަކީ ޢަރަބި ބަހެވެ. ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ޢަރަބި ބަސްވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް ދެެނެގަތުމަކީ ފަރުޟުވެގެންވާ ވާޖިބެކެވެ. ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތާއިި އަދި ސުންނަތް ދެނެގަތުމަކީ ވާޖިބެކެވެ. އެދެކަންތައްތައް ޢަރަބި ބަސް ނޭންގޭނަމަ ދެނެނުގަނެވޭނެއެވެ. ވާޖިބެއް ފުރިހަމަކުރުމަށް ކުރަންޖެހޭ ކޮންމެ ކަމަކީވެސް ވާޖިބެކެވެ."
ކޮންމެ މުސްލިމަކަށް ވެވުނު މިންވަރަކުން ޢަރަބި ބަސް ދެނެގަތުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންވާ ކަމެކެވެ. އެއީ އަޅުކަމުގެ އެންމެހާ ކަންތައްތަކުގައި ދެމިހުރުމަށްޓަކައެވެ. އަދި އެބަސްދެނެގަތުމުން ޙަރާމް ޙަލާލްވަކިކުރުމަށާއި އަދި ﷲ ސުބުހާނާހޫ ވަތަޢާލާގެ ފޮތާއި އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފަހައްޓައިގެން ހުރުމަށް ހުޅުވިގެންދާ މަގެކެވެ.
އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ އަންހުވިދާޅުވެފައިވެއެވެ. ތިޔަބައިމީހުން ސުންނަތާއި އަދި ތަރިކަމުދަލުގެ ޢިލްމު އުގެނޭފަދައިން ނަޙޫ(ޢަރަބި ބަހުގެ ޤަވާއިދު) އުގެނޭށެވެ.
ވީމާ މި ބުލޮގުގެ ފަރާތުން ޢަރަބި ބަސް އުގެނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
ފުރަތަމަ ފިލާވަޅު ޑައުންލޯރޑުކުރައްވާ
އިންޝާﷲ ކުރިޔަށް އޮތްތަނުގައި އިތުރު ފިލާވަޅުތައް އަންނަމުންދާނެއެވެ. ޢަރަބިގަޑީގައިި ފިލާވަޅުތައް ނެގިފައިވަނީ މަދީނާ އިސްލާމީ ޔުނިވަރސިޓީގެ މައުހަދުގައި ކިޔަވައިދޭ ޢަރަބި ކޯހުގެ ފުރަތަމަ ފޮތުންނެވެ.

0 Comments