ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގުެ ފޮޓޯތައް ދެވަނަ ބައި

ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގެ ވާހަކަ
ޅޮހީ
އެޔަށްފަހު ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެ ޖަމަލަކީ ﷲ ޖަމަލުކޮޅެއްކަމާއި އެޖަމަލަށް ގޯނާކޮށްފިނަމަ ގަދަފަދަ ވެގެންވާ ޢަޒާބެއް އަތުވެދާނެކަމަށް ޚަބަރުދެއްވިއެވެ. ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ.
وَيَا قَوْمِ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ ( ހޫދު 64)
މާނައީ: " އަދި އޭ ޤައުމުގެ މީސްތަކުންނޭވެ. މިއީ ﷲ ތިޔަބައިމީހުންނަށްޓަކައި ހެއްކެއްގެ ގޮތުގައި ލައްވަވާފައިވާ އަންހެން ޖަމަލެކެވެ. ފަހެ ﷲ ބިމުން އެ ޖަމަލު ކައިއުޅޭން ދޫކޮށްލާށެވެ. އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ. ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ ޢަޒާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެއެވެ. "
އިތުރުފޮޓޯތައް ތިރީގައި


އެބައިމީހުންގެ ނިމުން އައިގޮތް ޤުރުއާނުގެ އާޔަތްތަކުން
"ނަމަވެސް، އެއުރެން އެ ޖަމަލު މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ. އެއީ ދޮގުނުކުރެވޭނެ ވަޢުދުއެކެވެ.
ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޒާބުގެ) އަމުރުފުޅު އައިހިނދު، ޞާލިޙުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުންލެއްވި ރަޙުމަތާއިއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ.


އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު އެއުރެންގެ ގޯތިގެދޮރުގައި އެއުރެން ތިބީ ކަކޫ މައްޗަށް ތިރިވެ މަރުވެފައެވެ.
އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ. ހަމަކަށަވަރުން ޘަމޫދުބާގައިމީހުން އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވިއެވެ. ދަންނާށެވެ. ޘަމޫދު ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. " ( ހޫދު ސޫރަތުގެ 65ކުން 68 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާ)


"ފަހެ އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލިއެވެ. ފަހެ އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޒާބުފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ ޢަޒާބުގައި ހަމަހަމަ ކުރެއްވިއެވެ.

އަދި އެބައިމީހުންނަށް ދެއްވުނު ޢަޒާބާއި މެދު އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. " (ޝަމްސު ސޫރަތުގެ 14 އަދި 15 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާ)


ނަމަވެސް އެބައިމީހުން އެކަންތައްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އެ ޖަމަލުކަތިލިއެވެ. އަދި މާތް ﷲ ގަދަފަދަވެގެންވާ ފަރުބަދަތައް ކަނޑަމުން ދިޔަ މި މީސްތަކުންނަށް އެޔަށްވުރެ ގަދަފަދަ ޢަޒާބަކުން ޢަޒާބުދެއްވައި މިބައިމީހުން ހަލާކުކުރެއްވިއެވެ. މިބައިމީހުންގެ ގަދަފަދަ ގެތަކަކުން އެބައިމީހުންގެ ވެރި ރައްބުގެ އަޒާބަކުން ސަލާމަތެއް ނުކޮށްދެވުނެވެ. އަދި އެގެތަކުން އެބައިމީހުންނަށް އެއްވެސް ހިމާޔަތެއްވެސް ނުލިބުނެވެ. އަދި އެބައިމީހުން އިންކާރުކުރި މަރުންވެސް އެގެތަކެއް ސަލާމަތެއް ނުކޮށްދިނެވެ. ނަމަވެސް އެގެތައް މިއަދާއި ހަމަޔަށްވެސް އެހުރީ ކުރިންހުރި ގޮތަށް ފެންނާށެވެ.



އޭ ވިސްނާ ފިކުރުކުރާ ކިޔުންތެރިންނޭވެ. ނިކަން މިކަމުން ޢިބުރަތްތަކެއް ޙާޞިލުކޮށް ﷲ އާއި ޝަރީކުކުރުމުން އެއްކިބާވެ ގަނެ އެއިލާހު އެއްކައުވަންތަ ކުރާ ހާލު އެއިލާހަށް އަޅުކަންކުރަމާތޯއެވެ. އެއިލާހު ރުއްސަވާ މަގަކީ އެއީއެވެ.

އަދި އެއިލާހާއި ޝަރީކުކުރާ ފަރާތްތަކަށް ހުރީ މިފަދަ ޢަޒާބުތަކެވެ. އަދި އާޚިރަތުގެ އަޒާބު ހުރިމިންވަރު ވަޒަންކޮށްލަންވެސް ދައްޗެވެ.
ނިމުނީ
ފުރަތަމަބައި ވިދާޅުވެލައްވާ

Post a Comment

0 Comments