ތިބާގެ ވެރި ރައްބު ދެނެގަންނާށެވެ

ތިބާގެ ވެރިރައްބު ދެނެގަންނާށެވެ 1
އައްޝައިޚު މުޙައްމަދު އިބުރާހިމް
ތާ އަބަދު ތިކުރަމުން ތިޔަގެންދަވާ ހެޔޮ ޢަމަލުތައް ﷲ ދަރުބާރުގައި މަޤުބޫލުކަން އެއްޗަކަށް ހައްދަވާ

ޝައްކެއްވެސް ނެތެވެ. ﷲ އީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކުނުވެއެވެ. އެކަލާންގެވަނީ ހަތްއުޑުގެ މަތީގައި އަރުޝުގެ މަތީ އިސްތިވާވޮޑިގެންނެވެ. މިއީ އަހުލުއްސުންނަތު ވަލްޖަމާޢަތުގެ އަޤީދާއެވެ. މާތް ﷲ ވަޙީކުރައްވަނީ
الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿ޠާހާ 5)
މާނައީ: " ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝުގެ މަތީ އިސްތިވާވެވޮޑިގެންނެވެ. "
ދަންނައެވެ. އިސްތިވާވޮޑިގެންވަނީ ކޮންގޮތަކަށްތޯ ޢަރުޝުގެ މަތީ އެކަލާނގެ ވަނީ ކޮން ކައިފިއްޔަތެއްގައިތޯ، މިއީ އެއްވެސް މަޚުލޫޤަކަށް އެނގިގެންވާ ހިސާބެއް ނޫނެވެ. އަޅުތަކުންނަށް ވާޖިބުވެގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ތަޢުލީމުދެއްވި ވަރަކަށް ކިފާޔަތުކުރުމެވެ. ފުއްދައިލުމެވެ.

އެއްވެސް މަޚުލޫޤަކާއި އެއްފަދަކުރުން އެއްވެސް އަޅަކަށް ހުއްދަވެގެންނުވެއެވެ. ކޮށްފިނަމަ ﷲ އާއި އެމީހަކު ޝަރީކުރުރީއެވެ. މާތް ﷲ ވަޙީކުރައްވަނީ
لَيْسَ كَمِثْلِهِ شَيْءٌ ۖ (ޝޫރާ 11)
މާނައީ: " އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެއީ އައްސަވާ ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. " ﷲ ގެ ޢަރުޝުގެ މަތީ އިސްތިވާ ވޮޑިގެންވާ ގޮތާބެހޭގޮތުން އިމާމު މާލިކުގެފާނާ ސުވާލުވެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
( الإستواء معلوم, والكيف مجهول, والسؤال عنه بدعة)
މާނައީ: " (ﷲ ތަޢާލާ ޢަރުޝުގެ މަތީ) އިސްތިވަވާވޮޑިގެންވާކަން އެނގެއެވެ. ނަމަވެސް އިސްތިވާވޮޑިގެންވަނީ ކޮން ގޮތަކަށް ކަމެއްނޭންގެއެވެ. އަދި އެކަމާއި ބެހޭގޮތުން ސުވާލުކުރުމީ ބިދުޢައެކެވެ. " ( ބިދުޢައަކީ ދީނުގައި އަލަށްކުރެވޭ ކޮންމެ ކަމެކެވެ. )

ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވަނީ
(من عمل عملا ليس عليه أمرنا فهو رد )
މާނައީ: " ތިމަންކަލޭގެފާނު އެކަމެއްގެ މައްޗަށް ޙުކުމް ދެއްވާފައިނުވާ ކަމެއްކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަމެއް ރައްދުކުރެވޭނެއެވެ." މިހިސާބުން ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝުގެ މަތީގައިކަން އެނގިއްޖެއެވެ. ނަމަވެސް މަޙުލޫޤަކާ އެއްފަދަ ގޮތަކަށް ނޫނެވެ.
ޢަރުޝު ޢަރަބިބަހުން ކިޔައިއުޅެނީ ރަސްރަސްކަލުންގެ ތަޚުތަށެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސަބާގެ ރާނީ ބަލްޤީސްގެ ތަޚުތަށްވެސް އިސްތިޢުމާލު ކުރެއްވީ ޢަރުޝުގެ ލަފުޒެވެ. ހުދުހުދު ނަމަކަށް ކިޔާ ދޫންޏެއް ސުލައިމާނު ޢަލައިހިއްސަލާމަށް ސަބާ ނަމަކަށް ކިޔާ ޤައުމަކާއި ބެހޭގޮތުން ކިޔައިދިން ވާހަކަ ﷲ ތަޢާލާ ޤުރުއާނުގައި ބަޔާންކޮށްދެއްވަނީ މިފަދައިންނެވެ.
إِنِّي وَجَدتُّ امْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ ﴿ ނަމްލު ٢٣﴾

މާނައީ: " (ހުދުހުދު ބުންޏެވެ) ސަބާ ޤައުމުގެ މީސްތަކުންގެ މައްޗަށް އަންހެނަކު ވެރިކަންކުރާތީ އަހަރެން ދެކެފީމެވެ. އަދި (ވެރިކަމަށް ބޭނުންވާނޭ) އެންމެހާ ތަކެއްޗެއް އޭނާއަށް ދެވިފައިވެއެވެ. އަދި އޭނާއަށް ވަރަށްބޮޑު "އަރުޝެއް" (ޔަޢުނީ ތަޚުތެއް ލިބިގެންވެއެވެ)" މިއާޔަތުގައި "ޢަރުޝު"ގެ ލަފުޒު އިސްތިޢުމާލުވެވިފައި މިވަނީ "ތަޚުތަށެވެ." ﷲއަށް ޢަރުޝަކާއި ކުރުސީއެއްވެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަލާންގެ ކުރުސިކޮޅަކީ އެކަލާނގެ ފައިންޕުޅު އަޅުއްވާ ގޮނޑިކޮޅެވެ. ﷲ ވަޙީކުރައްވަނީ
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ( ބަޤަރާ 255)
މާނައީ: " އެކަލާނގެ ކުރުސީކޮޅު އުޑުތަކާއި ބިމަށްވުރެ ތަނަވަސްވެގެންވެއެވެ." މިއީ އެކަލާނގެ ކުރުސީކޮޅުގެ ބޮޑުމިނެވެ. އަދި ކުރުސީކޮޅާއި އަޅާބަލާއިރު ޢަރުޝު ކިހާބޮޑުވާނެތޯއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(ما الكرسي في العرش إلا كحلقة من حديد ألقيت بين ظهراني فلاة من الأرض ) (ރިވާކުރެއްވީ ބައިޙަޤީ)
މާނައީ: " އަރުޝާއި އަޅާބަލާއިރު ކުރުސީ ބިމުން ސަހަރާއެއްގެ މެދަށް އެއްލައިލެވިފައިވާ ދަގަނޑު އަނގޮޓިއެއް ފަދައިން މެނުވީ ނުވެއެވެ." މިއީ ޢަރުޝުގެ ބޮޑުމިނެވެ. މިބޮޑު ޢަރުޝުގެ މަތީ އެކަލާނގެ ވޮޑިގެންވަނީ ހަތްއުޑުގެ މަތީގައިވާ ފެންގަނޑެއްގެ މަތީގައެވެ. ޞައްޙަ ޙަދީޘުން ސާބިތުވާގޮތުގައި އެފެންގަނޑުގެ ފުންމިނުގައި 500 އަހަރުގެ ދިގުރާސްތާވެއެވެ.

ދަންނައެވެ. ﷲވަނީ ހަތްއުޑުގެ މަތީގައެވެ. އެކަލާނގެ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަނީ
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦ މުލްކު﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧ މުލްކު﴾
މާނައީ: " އުޑުގައިވާ ﷲގެ ކިބައިން އެކަލާނގެ ތިޔަބައިމީހުން ބިމަށް ގަންބައިލައްވާ ހަމައެހިނދު އެބިންގަނޑު ހެލިގެންފާނެ ކަމުން ތިޔަބައިމީހުން އަމާންވެގެންވަނީ ހެއްޔެވެ؟ ނުވަތަ އުޑުގައިވާ ﷲގެ ކިބައިން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭވެއްސަފާނެކަމުން ތިޔަބައިމީހުން އަމާންވެގެންވަނީ ހެއްޔެވެ؟ ފަހެ އޭރުން ތިމަން ﷲގެ އިންޒާރަކީ ކިހިނެއްވާ އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. " މިދެ އާޔަތުން ﷲވަނީ އުޑުގައިކަން ޞަރީޙަކޮށް އެނގެއެވެ.

އަދި އެއްދުވަހަކު ޞަޙާބީއަކު އެކަލޭގެފާނުގެ އަޅުއަންހެނަކު މިނިވަން ކުރައްވަންވެގެން ރަސޫލުﷲ ޞައްލަﷲގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އެއަޅު އަންހެނާއަށް ޙަދީޘްފުޅުކުރެއްވިއެވެ. ( أين الله؟) " ﷲ ކޮބައި ހެއްޔެވެ؟" އެއަޅު އަންހެނާ ދެންނެވިއެވެ. ( في السماء ). "އެކަލާނގެ ވޮޑިގެންވަނީ އުޑުގައެވެ. " ދެން ޙަދީޘްފުޅުކުރެއްވިއެވެ. ( من أنا؟ ) "ތިމަންކަލޭގެފާނަކީ ކާކުހެއްޔެވެ؟" އެއަޅު އަންހެނާ ދެންނެވިއެވެ. ( أنت رسولالله) " ކަލޭގެފާނަކީ ﷲ ގެ ރަސޫލާއެވެ. " އެހިނދު އެއަޅު އަންހެނާގެ ވެރިމީހާއަށް ރަސޫލުﷲ ޞައްލަﷲ ޙަދީޘްފުޅުކުރެއްވިއެވެ. (اعتقها فإنها مؤمنة) "ހަމަކަށަވަރުން އެކަނބުލޭގެ މިނިވަންކުރާށެވެ. އެކަނބުލޭގެއަކީ މުއުމިނު އަންހެނެކެވެ. " އެއްވެސް ޝައްކެއްނެތް ގޮތުގައި ސަލަފުއްޞާލިހުންގެ އަޤީދާއަކީ މިއީއެވެ. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުގައެވެ.

ނުނިމޭ

Post a Comment

0 Comments