ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާތައް އަރިސްކުރަން

ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާތައް އަރިސްކުރަން
ފޮޓޯ: ހަސަން
ބަރާކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މިއަދަކީ މަތިވެރިވެގެންވާ ޙައްޖުގެ އަޅުކަމަށްފަހު މުސްލިމުންނަށް އަންނަ ބޮޑުވެގެންވާ ޢީދު ދުވަހެވެ. ދިވެހިން ބޮޑު ޢީދުގެ ނަމުން ނަންދީފައިވާ މިއީދަކީ އަޅުގަނޑުމެން ދިވެހިން ވަރަށް ބޮޑަށް ފާހަގަކުރާ ޢީދެކެވެ. ވީމާ މި މަތިވެރިވެގެންވާ ޢީދުގެ ތަހުނިޔާ އެންމެހާ އަރިސްތަކަށް އަރިސްކުރަމެވެ. މާތްﷲ އަޅުގަނޑުމެންގެ ޢަމަލުތައް ޤަބޫލުކުރައްވާށިއެވެ. އަދި އަޅުގަނޑުމެން ކޮންމެ އަހަރަކު ސިއްޙަތު ސަލާމުން ލައްވާށިއެވެ.

މިޔާއެކުގައި އަޅުގަނޑުމެން އެންމެ ވިސްނަންވީ އެއްކަމަކީ ބޮޑު އީދު ހުއްދަގޮތުގައި ފާހަގަކުރުމެވެ. އަޅުގަނޑުމެންގެ ތެރޭގައި ބޮޑު ޢީދު ފާހަގަކުރުމުގެ ތެރޭގައި މިޔުޒިކާއި ދެޖިންސުގެ ނެށުންތައް ހިމެނެއެވެ. މިއީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެކެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އިސްލާމްދީން ހުއްދަކުރާ ހުދޫދުގެ ތެރޭގައެވެ. ދެޖިންސުގެ މަސްހުނިވުން ނުހިމެނޭ އަދި ޙަރާމްކަމެއް ނުހިމެނޭ ކަންކަމެވެ. މިސާލަކަށް އަންހެނުން ފިރިހެނުންގެ ހެދުންލުމާއި އަދި ފިިރިހެނުން އަންހެނުންގެ ހެދުންލުމަކީވެސް އީދުގެ ތެރޭގައި ވަރަށް އާންމުކަމެކެވެ. މިއީ އަޅުގަނޑުމެންގެ މާތްނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލައްވަވާފައިވާ ކަމެކެވެ. ވީމާ މިފަދަ އެންމެހާ ފާސިޤު ޢަމަލުތަކުން ދުުރުވެ، ވީހާވެސް ހުއްދަކަންތައްތަކާއެކުގައި، ހުއްދަ ގޮތުގައި ފާހަގަކުރެވޭ އީދަކަށް މި އީދު ހަދަމާތޯއެވެ؟ އޭރުން އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަރަކާތް ލިބި ލިބި ހުންނާނެއެވެ.

މި މަތިވެރި ޢީދުުގެ ތަހުނިޔާ އަދިވެސް އެއްފަހަރު އަރިސްކުރަމުން ހެޔޮވެގެންވާ ޢީދަކަށް އެދެމުން ލިޔުން ނިންމާލަމެވެ. ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ލައްވައި ބަރަކާތްލައްވައި މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުން ސާމިލުކުރައްވާށިއެވެ. އަދި މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން

Post a Comment

0 Comments