ނަމާދުގައި ޢަރަބި ނޫން އެހެން ބަސްބަހުން ދުޢާކުރުން

ނަމާދުގައި ޢަރަބި ނޫން އެހެން ބަސްބަހުން ދުޢާކުރުން
ޖަވާބުދެއްވީ: އައްޝައިޚު ޢަބްދުލްކަރީމް ޢަލްޚުދައިރު

އަހަރެން ޢަރަބި ބަހުން ވާހަކައެއް ނުދައްކަމެވެ.(އެބަހެއް ނޭންގެއެވެ). އަދި ނަމާދު ކުރާއިރު މިސާލަކަށް ދަމުނަމާދު(ތަހައްޖުދު) ނަމާދުކުރާ އިރު ގިނައިރު ސަޖިދައިގައި އޮންނަ އިރު، އަހަރެންގެ އަމިއްލަބަހުން ދުޢާކުރަން ބޭނުމެވެ. އަހަރެންނަށް ޢަރަބި ބަސް އެނގިއްޖައުމަށް ދާންދެން އަހަރެންގެ ބަހުން ދުޢާކުރުން ހުއްދަވާނެ ހެއްޔެވެ؟  

ޖަވާބު: އަލްޙަމްދުلله.

އާނއެކެވެ. ޢަރަބި ބަހުން ވާހަކަނުދެއްކޭ މީހާއަށް ޢަރަބިބަސްނޫން އެހެންބަސްތަކުން ދުޢާކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް މުސްލިމުން، އެބައިމީހުންގެ އަޅުކަންތައް ޞައްޙަވާނެ މިންވަރަށް ޢަރަބިބަސް ދަސްކުރަން ޖެހޭނެއެވެ. والله أعلم.

މަސްދަރު: އިސްލާމްކިއުއޭ

އިސްލާޙުކުރެވިފައިވަ ތަރުޖަމާ: 20 ޖެނުއަރީ 2014 ލ. 

Post a Comment

0 Comments