ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް 3
ޢިލްމްވެރިން އެކަލޭގެފާނަށް ކުރައްވާފައިވާ ތަޢުރީފުގެ ބަސްފުޅުތައް
މިޒަމާނުގެ ބޮޑެތި ޢިލްމުވެރިން އެކަލޭގެފާނަށްވަނީ ތަޢުރީފުގެ ބަސްތައް ރައްދުކުރައްވައި އަދި އެބޭކަލުންނަށް ނޭންގޭ ކަންކަމާއި ބެހޭގޮތުން ސުވާލުކުރައްވައި އޮޅުންފިލުއްވައި ހައްދަވާފައެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކޮށް ކަންކަމުގައި ފަތުވާހޯއްދަވައި ސިޓީބިޓީ ބަދަލުކުރައްވައި ހައްދަވާފައެވެ. އެހުރިހާ މީހުންގެ މައްޗަށް މާތްﷲ ރަޙުމަތްލައްވާށިއެވެ. އެބައިމީހުންގެ އަދަދުކުރަނީނަމަ ވަރަށްވެސް ގިނައެވެ. އެގޮތުން އެއްބޭފުޅަކީ ދީނީ ޢިލްމުވެރިޔެއްކަމަށްވާ އައްޝައިޚު އަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒެވެ. އެކަލޭގެފާނު ވަނީ ޝެއިޚަށް ވަރަށް ބޮޑު ޢިހުތިރާމްކުރައްވާ އަދި އިތުބާރެއް ކުރެއްވި އެއްބޭފުޅަކަށެވެ. މާތްﷲ އެދެބޭކަލުންނަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން

ޝެއިޚު ޢަބްދުލްޢަޒީޒު އަލް ހުއްދާ ވިދާޅުވެފައިވެއެވެ.
މާތްވެގެންވާ ޢިލްމުވެރިޔާ، އިލްމުގެ ކަނޑެއްފަދަ ޝެއިޚު މުޙައްމަދު އަލް އަމީން އައް ޝަންޤީތީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (އެކަލޭގެފާނުގެ ޒަމާނުގައި ތަފުސީރާއި ޢަރަބި ބަހުގައި އެންމެ ފުންނާބު އުސް އެއްބޭފުޅަކީ އެކަލޭގެފާނެވެ.) އެކަލޭގެފާނު ޝެއިޚު އަލްބާނީއަށް ވަރަށް ބޮޑަށް އިޚުތިރާމްކުރައްވަވައެވެ. އެކަލޭގެފާނު އިޚުތިރާމް ކުރައްވާ މިންވަރީ މަދީނާގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ދަރުސް ދެއްވަން އިންނަވާއިރު ޝެއިޚު އަލްބާނީ ވަޑައިގަންނަވާތަން ފެނިވަޑައިގެންފިނަމަ އެކަލޭގެފާނާއި ސަލާމްކުރުމަށްޓަކައި ގޮނޑިން ތެދުވެވަޑައި ގަންނަވައެވެ."
ބޮޑުޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު މުޙިއްބުއްދީން އަލްޚައްތާބު ވިދާޅުވެފައިވެއެވެ.
"އަދި ސުންނަތް ދިރުއްވުމަށްޓަކައި އެބޭކަލެއްގެ ދިރިއުޅުން އެކަމަށްޓަކައި ހޭދަކުރެއްވި ބޭކަލަކީ އަހަރެމެންގެ އަޚު މުޙައްމަދު ނާޞިރުއްދީނުއް ނޫޙު ނަޖާތީ އަލްބާނީއެވެ."
އަދި ބޮޑުވެގެންވާ ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު މުޙައްމަދު ހާމިދު އަލްފިޤީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ.
"އަހަރެމެންގެ އަޚާ، ސަލަފީއެއް، ޢިލްމުވެރިޔެއް، އެބޭފުޅާއަކީ ޝެއިޚު ނާޞިރުއްދީނެވެ."
ސައޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީއެއްކަމަށްވާ ޝެއިޚު މުޙައްމަދު ބިން އިބްރާހިމް އާލުއް ޝައިޚު ވިދާޅުވެފައިވެއެވެ.
" އަދި ކިއެއްހެއްޔެވެ؟ އެކަލޭގެފާނަކީ ސުންނަތް ދިރުއްވުމަށްޓަކައި އުޅުއްވި، ޙައްޤަށް ތާއިދުކުރެއްވި އަދި ބާތިލުގެ އަހުލުވެރިންގެ ދުސްމަނެކެވެ."
އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ޝެއިޚު އަބްދުލްޢަޒީޒް ބިން ބާޒު ރަޙީމަހުﷲ ވިދާޅުވެފައިވެއެވެ.
"މިޒަމާނުގައި ޙަދީޘް އިލްމަށް ކުރިއަރާ އަދި އެޢިލްމުގައި އެހާ ޢިލްމުވެރި ބޭކަލެއް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ ނޫނީ އެހެންމީހަކު މިއުޑުދަށަކުން ތިމަންނާ ނުދެކެމެވެ."
އަދި "ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތުން ކޮންމެ ޤަރުނެއް ފެށޭތަނުން ދީން (އޭގެ އަސްލު) ބަޔާންކޮށްދެއްވާނެ މުޖައްދިދަކު ފާޅުކުރައްވާހުއްޓެވެ" މިމާނަ ހިމެނޭ ޙަދީޘާއި ބެހޭގޮތުން އިބުނު ބާޒު ރަޙިމަހުﷲ ޢާއި ސުވާލުކުރެވުނެވެ. އެކަލޭގެފާނުގެ ނަޒަރުގައި މިއުއްމަތުގެ މުޖައްދިދަކީ ކޮންބޭކަލެއްތޯއެވެ. ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ.
"ތިމަން ދެކޭގޮތުގައި އެބޭކަލަކީ ޝެއިޚު މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީއެވެ. والله أعلم"
ޝެއިޚު މުޙައްމަދު ބިން ޞާލިހް އަލްއުޘައިމީން ރަޙީމަހު ވިދާޅުވެފައިވެއެވެ.
"ތިމަންކަލޭގެފާނަށް އެކަލޭގެފާނާއި އެއްކޮށް ބައްދަލުވުމުގެ ފުރުސަތު މަދުން ލިބިފައިވީ ކަމުގައި ވީނަމަވެސް އެކަލޭގެފާނަކީ ސުންނަތާއި ގުޅޭ ކަންކަމުގައި ވަރަށް ގަދަޔަށް ހިއްޕަވާ އަދި ބިދުއަވެރިންނާއި ދެކޮޅު ހެއްދެވުމުގައިވެސް ގަދަފަދަ ބޭކަލެކެވެ. އެއީ ޢަޤީދާއާއި ގުޅޭ ކަންކަމުގައިވިޔަސް ނުވަތަ ޢަމަލުފުޅުތައް ކަމުގައިވިޔަސް ހަމަ އެފަދައެވެ. ތިމަންކަލޭގެފާނަށް އެކަލޭގެފާނު ބޮޑަށް އެނގިފައިވަނީ އެކަލޭގެފާނުގެ ލިޔުއްވުންތަކުގެ ޛަރީޢާއިންނެވެ. އަދި އެކަލޭގެފާނަކީ ޙަދީޘް ޢިލްމުގައި ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. ރިވާކުރުމާއި އަދި އެޙަދީޘްތަކާއި ބެހޭގޮތުން ހޯއްދެވުމުގެ ދާއިރާއިން ޚާއްޞަކޮށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލޭގެފާނު އެތައް ބަޔަކަށް ފައިދާކުރަނިވި ޢިލްމުގެ ސަބަބެއް ކަމުގައި ލައްވަވާފައެވެ. ޙާއްޞަކޮށް ޞައްޙަ މަންހަޖާއި އަދި ޙަދީޘް ޢިލްމުގެ ފަންނާއި ބެހޭގޮތުންނެވެ. އަދި މުސްލިމުންގެ މައްޗަށް ނުހަނު ނުފޫޒުގަދަ ބޭކަލެއްކަމުގައި އެކަލޭގެފާނު ވަނީ ވެލައްވާފައެވެ. ހުރިހާ ހަމްދެއްވަނީ ﷲ ސުބުހަނަހޫ ވަތަޢާލާއަށެވެ."
ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު ޒަޢިދު ބިން ފަޔާޟް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ހަމަކަށަވަރުން ޝެއިޚު ނާޞިރުއްދީނުލް އަލްބާނީއަކީ އެންމެ ފާހަގަކޮށްލެވޭ މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނު ޙަދީޘަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. ޙަދީޘްގެ ސަނަދާއި އަދި ރާވީންނާއި އަދި ޞައްޙަ ނުޞައްޙަ ކަމުގެ މައްޗަށެވެ. މިއީ ހަމަކަށަވަރުން މިއީ އެކަމަކަށްޓަކައި މިދުވަސްވަރު ވަޤުތުތައް ހޭދަކުރަން އެންމެ މާތް އެންމެ ރަނގަޅު އެއްމަސައްކަތެވެ. އަދި އެކަލޭގެފާނަކީ ހަމައެހެން ޢިލްމުވެރިން ފަދަ ބޭކަލެކެވެ. ބައެއް މައްސަލަތަކުގައި ރަނގަޅުވާފަދައިން ގޯސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަލޭގެފާނު އެކަމަކަށް ވަޤުތު ހުސްކުރެއްވި ޙަދީޘް ޢިލްމަކީ އެޢިލްމުގެ މާތްކަމުގެ ސަބަބުން އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދާ އެކަމެއް ފާހަގަކުރަން ޖެހޭ ކަމެއްމެއެވެ."
ޝެއިޚު މުޤްބިލް ބިން ޙާދީ އަލް ވާދިއީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ހަމަކަށަވަރުން ޙަދީޘް އިލްމުގައި މުޙައްމަދު ނާޞިރުއްދީނަށްވުރެ ޢިލްމުވެރި އެހެންމީހަކު ނުފެންނާނެއެވެ. އެކަލޭގެފާނުގެ ފޮތްތަކާއި ޢިލްމުގެ ޒަރީޢާއިން ނުހަނު ގިނަ ބޮޑެތި ފައިދާތައް ދަނީ ކުރަމުންނެވެ. އެއީ މިޒަމާނުގެ ޖާހިލު ކަންމަތީގައި ތިބެ އިސްލާހު ކުރުމުގެ ނަންމަތީގަޔާއި އަދި ރިވޮލިޔުޝަން ހަރަކާތްތައް އިންތިޒާމްކުރަމުންދާ މީހުންނަށްވުރެވެސް އެތައް ގުނައަކަށް އެކަލޭގެފާނުގެ ޢިލްމުން ދަނީ ފައިދާކުރަމުންނެވެ. އަދި ތިމަންކަލޭގެފާނަށް ހިތުގެ އަޑިން ޤަބޫލުކުރެވެނީ މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ އަކީ މުޖައްދިދުންގެ ތެރެއިން ބޭކަލެއްކަމެކެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެކަމުގެ ތެދުވެރި ޚަބަރު ދެއްވާފައެވެ. (ފަހެ އެބަސްފުޅުގެ މާނައިގައިވެއެވެ.)
"ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތުން ކޮންމެ ޤަރުނެއް ފެށޭތަނުން ދީން (އޭގެ އަސްލު) ބަޔާންކޮށްދެއްވާނެ މުޖައްދިދަކު ފާޅުކުރައްވާހުއްޓެވެ"
ރިވާކުރެއްވީ އަބޫ ދާވޫދު، އަދި ޞައްޙކުރައްވާފައިވަނީ އިރާޤީ އަދި އެހެނިހެން ބޭކަލުން."
ނުނިމޭ
ދެން އަންނަ ލިޔުމެއްގައި
އެކަލޭގެފާނުގެ ދައުވަތުގެ އަސާސްތަކާއި އެކަލޭގެފާނުގެ ބައެއް މުހިންމު ސިފަފުޅުތަކާއި އަދި
ހަޔާތުގެ ފަހުކޮޅު އަދި އަވަހާރަވުން
މަސްދަރު: ޝެއިޚު ޢަލްބާނީ ރަޙިމަޙުﷲގެ ރަސްމީ ވެބްސައިޓު
ކުރީގެ ލިޔުންތައް
އެއްވަނަ ބައި
ދެވަނަ ބައި

0 Comments