ޝެއިޚު އަލްބާނީ ރަޙިމަހުﷲ ހަޔާތްޕުޅުން އިބުރަތްތެރި ވާހަކައެއް.

ޝެއިޚު އަލްބާނީ ރަޙިމަހުﷲ ހަޔާތްޕުޅުން އިބުރަތްތެރި ވާހަކައެއް.
އަބޫ ޢަބްދުﷲ ޅޮހީ

ޝެއިޚު ޢަލްބާނީ ރަޙިމަހުﷲ ގެ ދަރިވަރެއް ކަމަށްވާ ޝެއިޚު މަޝްހޫރު ޙަސަން ޙަފިޡަހުﷲ ވިދާޅުވިއެވެ.
ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ފޮތެއްކަމަށްވާ ސިލްސިލަތުއް ޟަޢީފާގެ ފޮތްތަކުގެ ތެރެއިން ފޮތެއް މުރާޖަޢާ ކުރުން ތިމަންނާއާއި ހަވާލުކުރިއެވެ. ދެން އެފަސްވަނަ ފޮތް ތިމަންނާއާ ހަވާލުކުރިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ އަތުލިޔުއްވުން ފޮތް ޗާޕުކުރުމުގެ ކުރިން ނެގީމެވެ. އަދި ކޮތަޅުން ނަގައި އެފޮތަށް ބަލައިލުމުން އަހަރެންނަށް ރޮވުނެވެ.
ދެން ޝެއިޚު އަހަރެންނާއި ސުވާލުކުރިއެވެ. ކިހިނެއްވީހެއްޔެވެ؟

އަހަރެންނަށް ވާހަކައެއްނުދެއްކުނެވެ. އަހަރެންގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ޝެއިޚު ރަޙިމަހުﷲއަށް ފެނުނެވެ.
ޝެއިޚު އެފޮތް ލިޔެފައިވަނީ މީހުންގެ އަތުން ހަދިޔާއަށް ލިބިފައި ހުރި ކަރުދާސްކޮޅުކޮޅުންނެވެ. އަދި ހަކުރާއި ފުށް ބަންދުކޮށްފައި ހުންނަ ކަރުދާސްކޮތަޅުތަކުގެ ކަރުދާހުންނެވެ. އަދި ހަނޑުލާއި ފުށްކިރަން ގެންގުޅޭ ރަތް (ކަޑިކުލައިގެ) ކަރުދާސްކޮޅުކޮޅުގައެވެ.
ދެން ޝެއިޚު އަހަރެންގާތުގައި ވިދާޅުވިއެވެ: "ތިމަންނާއަތުގައި ރޮދިތަކެއް ހުންނާނެއެވެ. އެ ރޮދިތައް ކުލަޔަށް ލާފައި ކަރުދާސްގަނޑުގައި އަޅަނީއެވެ. އޭރުން ރޮނގުދެމި ކަރުދާހަށް އެހުރީ ވެފައެވެ.
އަދި ކަރުދާސްގަންނަ ވަރަށް ތިމަންނާ އަތުގައި ލާރިއެއް ނެތެވެ." (އެބަހީ އެފަދަ ކަރުދާހުގައި ލިޔަންޖެހުނީ އެސަބަބަށް ޓަކައެވެ.) ޝެއިޚުގެ ބަސްކޮޅު ނިމުނީ.
ޢިބުރަތް
އޭ އަޚާއެވެ. ފަޤީރުކަން ޢިލްމު ލިބިގަތުމަށް އަދި ޢިލްމަށް ޚިދުމަތްކުރަން އުޒުރެއްކަމުގައި ނުވެއެވެ.
و أسأل الله تعالى أن يوفقنا جميعا بما يرضاه. و صلى الله وسلم على محمد و آله و صحبه وسلم. و الحمد الله.
ނިމުނީ. ވާހަކައިގެ މަސްދަރު: އަހްލަލް ޙަދީޘް ވެބްސައިޓު


ގުޅުން ހުރި ލިޔުން.
 

Post a Comment

0 Comments