ޙަދީޘްބަސްފުޅަކާއި އެކު: ވުޟޫމަތީގައި ނިދުން

ޙަދީޘްބަސްފުޅަކާއި އެކު: ވުޟޫމަތީގައި ނިދުން
އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ބިން މުޙައްމަދު

ފެށުން.
الحمد لله رب العامين، الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ.”

އަދިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾
މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

ޙަދީޘް.
عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنه قَالَ: قَالَ النَّبِيّ صلى الله عليه وسلم.((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الْأَيْمَنِ..))

ޙަދީޘްގެ ތަރުޖަމާ.
ބަރާއު ބިން ޢާޒިބް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަސްފުޅު ޙަދީޘްކުރެއްވިއެވެ. “ތިބާ ތަންމައްޗަށް ދާކަމުގައިވާނަމަ، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާ ހުށިކަމެވެ. އަދި ތިބާގެ ތަންމަތީގައި ކަނާތްފަޅިއަށްވާ ގޮތަށް އޮށޯންނަހުށިކަމެވެ.”

ޙަދީޘުން ލިބޭ ފައިދާ
1. ނިދުމުގެ ކުރިން ވުޟޫކުރުމަކީ ސުންނަތެއްކަން.
2. ނިދަން އޮށޯންނައިރު ކަނާތްފަޅިއަށް އަރިއަށް ވާގޮތަށް އޮތުމަކީ ސުންނަތެއްކަން. (އެބަހީ ކަނާތްފަޅި ދަށަށް ވާގޮތަށް އަރިއަށް އޮތުން)

.

ޙަދީޘްގެ މަސްދަރު:
ޞަޙީހް ބުޚާރީ: 6311 ވަނަ ޙަދީޘް، ޞަހީޙް މުސްލިމް: 6882 ވަނަ ޙަދީޘް.

ނިންމުން.
سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ .

Post a Comment

0 Comments