(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾))
އަދި ﷲ ސުބުޙާނަހޫ ވަތަޢަލާ ވަނީ އެގެއްލުމާއި ހަލާކުން އިސްތިޘްނާ ވެގެންވަނީ (ސަލާމަތް ވެގެންވަނީ) މިޞިފަތަކުން ސިފަލިބިގެންވާ ހަތަރުބަޔެއްކަމުގައި ބަޔާންކުރައްވާފައެވެ.
ފުރަތަމަ ޞިފައަކީ: ޖިބްރީލު ޢަލައިހިއްސަލާމް އީމާންކަމާއި ބެހޭގޮތުން ސުވާލުކުރެވުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވި ކަންކަމަށް އެއްވެސް ޝައްކެތް ދެކޮޅުހެދުމެއްނެތި އީމާންވުމެވެ. (ޖިބްރީލު ޢަލައިހިއްސަލާމް އީމާން ކަމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަން ބަޔާންކުރައްވައި) ޙަދީޘްކުރެއްވިއެވެ. (أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) މާނައީ: “ﷲއާއި މަލާއިތް ބޭކަލުންނާއި ބާވާލެއްވެވި ފޮތްތަކަށާއި އަދި ރަސޫލު ބޭކަލުންނާއި ޤިޔާމަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.” (1)މި ޙަދީޘްގެ ޝަރަޙަ ނުހަނު ދިގުވެގެންވެއެވެ. އަދި އެތައްތަނެއްގައި އެޙަދީޘް ބަޔާންކޮށްދެވިފައިވާނެއެވެ. މި ހަ އުޞޫލަށް އީމާންވާ މީސްތަކުންނަކީ މުއުމިނުންނެވެ. ނަމަވެސް އެޔާއެކު އީމާންކަމުގައި އެއްވެސް ޝައްކެއް އަދި ވަހުމެއްނެތި ދެކޮޅުހެދުމެއްނެތި އީމާންވުން ވާޖިބުވެގެންވެއެވެ. އެބަހުގެ މުރާދަކީ ތިބާގެ ލޮލުން ފެންނަކަންކަން ފަދައިން އެކަންކަމަށް އީމާންވުމެވެ. މިޙާލަތުގައި މީސްތަކުން ވަނީ ތިން ބަޔަކަށް ބެހިގެންނެވެ.
ފުރަތަމަ ބަޔަކީ: ޚާލިޞްކަމާއިއެކު އީމާންވެފައިވާ މުއުމިނުންނެވެ. އެއީމާންކަމުގައި އެއްވެސް ޝައްކެތް ވަހުމެއް އަދި ދެކޮޅުހެދުމެއް (ދެއަތަށް ކިރުމެއް، ޔަޤީންނުވާ ނުވުމެއް) ނުވެއެވެ.
ދެވަނަ ބަޔަކީ: ދެކޮޅު ހަދާ އިންކާރު ކުރާ ކާފިރުންނެވެ.
ތިންވަނަ ބަޔަކީ: ޝައްކުކުރާ މީހާއެވެ.
އެބައިމީހުންގެ ތެރެއިން ކާމިޔާބު ވާ މީސްތަކުންނަކީ ފުރަތަމަ ބައިގެ މީހުންނެވެ. އެބައިމީހުންނަކީ އެއްވެސް ޝައްކެއްނެތި އީމާންވާ މީސްތަކުންނެވެ. އެބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި އެއިލާހުގެ ރައްބުވަންތަކަމާއި އަދި އެއިލާހުގެ އިލާހުވަންތަކަމާއި އަދި އެއިލާހުގެ އިސްމުފުޅުތަކާއި އަދި ޞިފަފުޅުތަކަށް އީމާންވެއެވެ.
އަދި މަލާއިކަތް ބޭކަލުންނަށް އެބައިމީހުން އީމާންވެއެވެ. އަދި އެބައިމީހުންނަކީ ޣައިބުގައިވާ މަޚުލޫޤުންތަކެއްކަމާއި އަދި ﷲ ތަޢާލާ އެބައިމީހުން އުފައްދަވާފައިވަނީ ނޫރުން ކަމަށް އެބައިމީހުން އީމާންވެއެވެ. އަދި އެބައިމީހުންގެ ޢަމަލުތަކުގެ ތެރޭގައި އެނގިގެންވާ ޢަމަލުތައް ވާފަދައިން އެބައިމީހުންގެ ޢަމަލުތަކުގެ ތެރޭގައި އެނގިގެންނުވާ ޢަމަލުތައްވެސް ވާކަމަށް އީމާންވެއެވެ. ފަހެ ޖިބްރީލު ޢަލައިހިއްސަލާމް ގެ މަޤާމަކީ ވަޙީއާއިގެން ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ އަރިހަށް ފައިބައިވަޑައިގަތުމެވެ. އަދި މީކާއިލް ޢަލައިހިއްސަލާމްގެ މަސްއޫލިއްޔަތަކީ ވެއްސެވުމާއި ގަސްގަހާގެއްސެވެ. އެބަހީ ﷲ ސުބުޙާނަހޫ ވާރޭއާއި އަދި ވާރެވެހުމާއި ގުޅޭ ހުރިހާކަމެއް އަދި ގަސްގަހާގެހީގެ ކަންކަން ހަވާލުކުރައްވާފައިވަނީ އެކަލޭގެފާނާއެވެ. އަދި އިސްރާފީލް ޢަލައިހިއްސަލާމް އެކަލޭގާނާއި ހަވާލުކުރެވިފައިވަނީ ތާޅަފިލި ފުުއްމަވާލެއްވުމަށެވެ. އަދި މާލިކް ޢަލައިހިއްސަލާމްއާއި ހަވާލުކުރެވިފައިވަނީ ނަރަކައިގެ ކަންކަމެވެ. އަދި ރިޟްވާން ޢަލައިހިއްސަލާމްއާއި ހަވާލުކުރެވިފައިވަނީ ސުވަރުގޭގެ ކަންކަމެވެ. އަދި މަލާޢިކަތް ބޭކަލުންގެ ތެރޭގައި އެބޭކަލުންގެ ނަންފުޅުތަކާއި އެބޭކަލުންގެ މަސްއޫލިއްޔަތު އަހަރެމެންނަށް ނޭންގޭ ބޭކަލުންވެއެވެ. ނަމަވެސް ޙަދީޘްގައި އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( أَنَّهُ مَا مِن مَوضِعٍ أَرْبَع أَصَابِعٍ فِي السَّمَاءِ إِلَّا وَفِيْهِ مَلِكٌ قَائِمٌ لله أو رَاكِعٌ، أَو سَاجِد). މާނައީ: “ހަމަކަށަވަރުން އުޑުގައި ހަތަރު އިނގިލީގެ މިންވަރެއްވާ ކޮންމެ ތަނެއްގައި މަލާއިކަތް ބޭކަލެއް ﷲއަށްޓަކައި ޤާއިމުވެ، ނުވަތަ ރުކޫޢަށް ނުވަތަ ސަޖިދައިގައި ވެއެވެ.” (2)
ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލު ބޭކަލުން ޢަލައިހިމިއް ސަލާތް ވައްސަލާމް ގެ މައްޗަށް ބާވާލައްވާފައިވާ ފޮތްތަކަށް އަހަރެމެން އީމާންވަމުއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކޮށްދެއްވި ރަސޫލުބޭކަލުންނަށް ވަކިވަކިން އަހަރެމެން އީމާންވަމުއެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންނުކޮށްދެއްވާ ބޭކަލުންނަށް އިޖުމާލީގޮތެއްގައި އީމާންވަމުއެވެ. ސަބަބަކީ ހުރިހާ ރަސޫލުބޭކަލުންގެ ޚަބަރު ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ނުކޮށްދެއްވައެވެ. އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ({مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ} [غافر: 78]) މާނައީ: “އެބޭކަލުންގެ ތެރެއިން ކަލޭގެފާނަށް ޚަބަރުދެއްވާފައިވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރެއިން ކަލޭގެފާނަށް ތިމަންއިލާހު ޚަބަރު ނުދެއްވާ ބޭކަލުންވެއެވެ.” އަދި އާޚިރަތް ދުވަހަކީ އެދުވަހެއްގައި މީސްތަކުންނަށް ޖަޒާދެއްވުމަށްޓަކައިހުސްފަޔާ، ހުސްގަޔާ، ޚިތާނުނުކުރާ ހާލު، އެއްވެސް (ހައިވާނެއް) މުދަލެއްނުވާ ހާލު (حُفَاةً، عُراةً، غَرْلاً، بَهْمًا) ޤަބުރުން ނެރެވޭ ދުވަހެވެ. حفاة އެބަހުގެ މުރާދަކީ ފައިވާނެއް އަދި ޚުއްފެއް ނެތް ހާލުގައިވާ ވާހަކައެވެ. އަދި عراةއެބަހުގެ މުރާދަކީ ހެދުމެއްނެތި ހެއްދެވުނު ގޮތަށް ވާ ވާހަކައެވެ. އަދި غرلًا މުރާދަކީ އެންމެ ފުރަތަމަ ހެއްދެވުނުގޮތަށް ޚިތާނު ނުކުރެވިވާ ހާލަތެވެ. އަދި بهمًاމުރާދަކީ އެއްވެސް މުދަލެއްނެތި ވާ ވާހަކައެވެ. އެބައިމީހުން މަޙްޝަރުކުރެވޭނީ އެހާލަތުގައެވެ. އެބައިމީހުން ވާހުށީ ޢޮރިޔާން ހާލުގައިކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވުމުން ޢާއިޝާ ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. (ياَ رَسُولُ الله الرِّجَالُ وَالنِّسَاءُ يَنْظُرُ بَعْضُهُمْ إِلَى بَعْضٍ؟ قَالَ: ”الأَمْرُ أَعْظَم مِن ذَلِكَ). މާނައީ: “އޭ ﷲގެ ރަސޫލާއެވެ. ފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއްބަޔަކަށް ނުބަލާނެތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ކަންތައްތައް އެޔަށްވުރެ ބޮޑުވެގެންވެއެވެ.” (3) އެބަހީ އެއްބަޔަކު އަނެއްބަޔަކަށް ބަލާވަރަށްވުރެ ކަންތައްތައް ބޮޑުވެގެންވެއެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ވަނީ އޭނާގެ އަމިއްލަ ނަފުސާއިމެދު މަޝްޣޫލުވެފައެވެ.
ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ (ރަޙިމަހުﷲ) ވިދާޅުވިއެވެ.: ޤިޔާމަތް ދުވަހަށް އީމާންވުމަކީ މަރުވުމަށްފަހު ވާނޭ ކަންކަމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ހުރިހާ ކަމަކަށް އީމާންވުމެވެ. އަދި ޤަބުރުގެ ފިތުނައަށް އީމާންވުން ވާޖިބުވެގެންވެއެވެ. އެބަހީ މައްޔިތާ ވަޅުލުމަށްފަހު އޭނަގެ އަހުލުވެރިން ދިޔުމުން އޭނާކުރެވޭ ސުވާލުތަކެވެ. ހަމަކަށަވަރުން ދެމަލާއިކަތް ބޭކަލުން އައިސް މަރުވެފައިވާ މީހާގެ ކިބައިން އޭނާގެ ވެރިރައްބާ އަދި ދީނާއި އަދި ނަބިއްޔާއާއި ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. އަދި ހަމައެޔާއެކު ކައްވަޅު ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްކަމަށް ނުވަތަ ނަރަކައިގެ ވަޅުގަނޑު ތަކުގެ ތެރެއިން ވަޅުގަނޑަކަށް ވާނެކަމާމެދު ތިބާ އީމާންވުން ހިމެނެއެވެ. އެބަހީ ހަމަކަށަވަރުން ކައްވަޅުގައި ޢަޛާބު ނުވަތަ ޘަވާބު ވާކަމަށް އީމާންވުމެވެ. ހަމައެފަދައިން ސުވަރުގެޔާއި އަދި ނަރަކަޔަށް ތިބާ އީމާންވުން ހިމެނެއެވެ. އަދި އާޚިރަތް ދުވަހާއި ގުޅުން ހުރި ކޮންމެ ކަމެއް “ﷲއަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަށް” އިމާންވުން މިބަހުގެ ދަށަށް ވަންނަ ހުއްޓެވެ.
އަދި ޤަދަރެވެ. (ޤަދަރަށް އީމާންވުމެވެ.) އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަޤްދީރުފުޅެވެ. އެބަހީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއް ތަޤްދީރުކުރައްވާފައިވާ ކަމަށް ތިބާ އީމާންވުމެވެ. އެއީ ﷲ ސުބުޙަނޫ ވަތަޢާލާ ޤަލަމް އުފައްފަދަވައި އެއިލާހު ވަޙީކުރެއްވިއެވެ. ((( اُكْتُبْ. قَالَ: وَمَاذَا أَكْتُبُ؟ قَالَ: اُكْتُبْ مَا هُوَ كَائِنٌ إِلَى يَومِ القِيَامَةِ.)) فَجَرَى فِي تِلْكَ السَّاعَةِ بِمَا هُوَ كَائنٌ إِلَى يَومِ القِيَامَة.). މާނައީ: “ލިޔާށެވެ. ޤަލަމް ދެންނެވިއެވެ. “ލިޔަންވީ ކޮންއެއްޗެއްތޯއެވެ؟. ވަޙީކުރެއްވެވިއެވެ. “ޤިޔާމަތާއި ޖެހެންދެން ވާނެހުރިހާ ކަމެއް ލިޔާށެވެ.” ފަހެ އެހިނދު ޤިޔާމަތާއި ހަމައަށް ވާނެހުރިހާ ކަމެއް ކަނޑައެޅިގެންދިޔައެވެ.” (4) އެހެން ކަމުން މިބަސްފުޅުގައިވާ (إِلَّا الَّذِينَ آمَنُوا) އީމާންކަމުގެ ތެރެއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ އީމާންކަމުގެ ހަ އަޞްލަށް އިމާންވުން ޝާމިލުވެގެންވެއެވެ. (ނުނިމޭ)
(އެއްވަނަބައި) ވިދާޅުވެލައްވާ
______________________
(1) رواه مسلم (8) و أصحاب السنن. (2) الترمزي: (2312) (3) البخاري (6527) و مسلم (56، 2859) (4) مسلم (2653)

0 Comments