ދެވަނަ ޞިފައަކީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. (وَعَمِلُوا الصَّالِحَاتِ ) (އަދި ޞާލިޙު ޢަމަލުތައް ކުރިމީހުންނެވެ.) އެބަސްފުޅުގެ މާނައަކީ ހަމަކަށަވަރުން އެބައިމީހުންނަކީ ހެޔޮ ޢަމަލުތަކުގެ މަތީގައި ޤާއިމުވި މީސްތަކުންނެވެ. އެއީ ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޙައްޖުވުމާއި އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަދި ގާތްތިމާގެ މީހުންނާއި ގުޅުން ބޭއްވުމާއި އަދިވެސް އެނޫން ޢަމަލުތަކެވެ. އަދި އެބައިމީހުން ހަމައެކަނި އެއީ ހިތުގައި އޮތްކަމެއްކަމުގައި ހަދައިފައި ފުއްދައިލީއެއް ނޫނެވެ. އެއަށް ޢަމަލީސިފަވެސް ގެނައީއެވެ.
އަދި (الصَّالِحَاتِ ) “ހެޔޮޢަމަލުތައް” ހިމެނެނީ އަންނަނިވި ދެކަމުގެ މައްޗަށެވެ.
ފުރަތަމައީ: ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚުލާސްތެރިވުމެވެ.
ދެވަނައީ: ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ.
އެކަމުގެ ސަބަބުން ޢަމަލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާލިޞްކަމާއެކު ނުކުރާކަމުގައިވާނަމަ ވަނީ ރައްދުވެގެންނެވެ. (އެ ޢަމަލު ޤަބޫލުވެވިގެން ނުވެއެވެ.) ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިވާކުރައްވާފައިވާ އެއިލާޙުގެ ވަޙީބަސްފުޅެއްކަމުގައިވާ ޤުދުސީ ޙަދީޘުގައި ރިވާވެގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ( أنا أغنَى الشركاءِ عن الشركِ . مَن عمِل عملًا أشرك فيه معِي غيرِي ، تركتُه وشركُه) (1)(މާނައީ: ތިމަން އިލާހު ޝިރުކުކުރާމީހުންގެ ޝިރުކަށް ފުދިވޮޑިގެންވެއެވެ. (އެބަހީ: ބޭނުންވެ ވޮޑިގެންނުވެއެވެ.) މީހަކު ޢަމަލެއް ކޮށް އެ ޢަމަލުގައި ތިމަންއިލާހާއި އެއްވެސް ބައިވެރިއެއް ޝަރީކުކޮށްފިކަމުގައިވާނަމަ، އޭނާއާއި އޭނާގެ ޝިރުކު ތިމަންއިލާހު ދޫކޮށްލައްވާހުށީމެވެ.”

ތިބާ މީސްތަކުންނަށް ދެއްކުމަށް ނަމާދުކުރަން ފެށުމުން، ނުވަތަ ދެއްކުމަށް ޞަދަޤާތްކުރުމުން، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޢިލްމު ޙާޞިލުކޮށްފިނަމަ، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ރަޙިމުގެ ގުޅުން ގުޅުވައިފިނަމަ ނުވަތަ އެނޫންވެސް ކަމެއްކޮށްފިނަމަ، ފަހެ އެ ޢަމަލެއްވަނީ ރައްދުވެގެންނެވެ. (ބާޠިލުވެގެންނެވެ.) އެއީ އެޢަމަލެއްގެ ބޭރުފުށުން ހެޔޮކަމެއްކަމުގައި ފެނުނުކަމުގައި ވިޔަސްމެއެވެ.
ހަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް (އެކަލޭގެފާނުގެ ސުންނަތަށް) ތަބާވުންވެސް ހަމައެފަދައެވެ. ތިބާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުރައްވާކަމެއް ކޮށް އަދި ﷲއަށް އިޚުލާސްތެރިކަމާއެކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއި ކުއްތަންވީކަމުގައިވިޔަސް ފަހެ އެކަން ތިބާގެ ކިބައިން ޤަބޫލުވެވިގެން ނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (من عملَ عملا ليسَ عليهِ أمرُنا فهو ردٌّ) (2) މާނައީ: ތިމަންކަލޭގެފާނު ނުކުރައްވާކަމެއް (ތިމަންކަލޭގެފާނު ބަޔާންނުކޮށްދެއްވާ ކަމެއް) ކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ ރައްދުވެގެންނެވެ.(ބާޠިލުވެގެންނެވެ. ޤަބޫލުވެވިގެންނުވެއެވެ.)”
އެހެންކަމުން ހެޔޮ ޢަމަލު ހެޔޮ ޢަމަލަކަށްވަނީ އަންނަނިވި ދެކަންތައްތައް ޖަމާވުމުންނެވެ.
ފުރަތަމައީ: ﷲ ޢައްޒަ ވަޖައްލައަށް އިޚުލާސްތެރިވެގެންނެވެ.
ދެވަނައީ: ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިއަށް ތަބާވެގެންނެވެ.
ތިންވަނަ ޞިފައަކީ: (وَتَوَاصَوْا بِالْحَقِّ) މާނައަކީ: “އަދި އެބައިމީހުން ޙައްޤަށް ވަޞިއްޔަތްކުރެއެވެ.” އެބަހުގެ މުރާދަކީ: އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަޞިއްޔަތްކުރާ ބަޔަކަށް ވެގެންނެވެ. ޙައްޤަކީ ޝަރުޢެވެ. (ޝަރުޢުގައިވާގޮތެވެ.) އެހެނީ އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކުރުމެވެ. މީހަކު ވާޖިބެއްއަޅާ ކަމުގައިވާނަމަ އޭނާއަށް ވަޞިއްޔަތްކޮށް އަދި ބުނުމެވެ. އޭ އަޚާއެވެ. ވާޖިބު އަދާކުރާށެވެ. އަދި މީހަކު ޙަރާމްކަމެއްކުރަނިކޮށް ފެނިއްޖެނަމަ އޭނާއަށް ވަޞިއްޔަތްކޮށް ބުނުމެވެ. އޭ އަޚާއެވެ. ޙަރާމްކަންކަމުން ދުރުވާށެވެ. އެބައިމީހުން އެބައިމީހުންގެ އަމިއްލަނަފުސަށް ފައިދާލިބުމުން ފުއްދައިލީއެއްނޫނެވެ. އަދި އެބައިމީހުންގެ ނަފުސާއި އަދި އެހެންމީހުންނަށް ފައިދާފޯރުކޮށްދިނީއެވެ.”
ނުނިމޭ.
ކުރީގެ ބައިތައް ބައްލަވާ.
_________________
(1)أخرجه مسلم، كتاب الزهد، باب تحريم الرياء. (2985)(46)
(2) أخرجه مسلم، كتاب الأقضية، باب نقض الأحكام الباطلة. (1718)(18)

0 Comments