الحمد لله رب العالمين. والصلاة و السلام على أشرف الأنبياء والمرسلين. و بعد:
އެޕްރީލް ފޫލް ދުވަހަކީ ކޮބާ؟
އެޕްރީލް ފޫލް ދުވަހަކީ މީހުންނަށް ދޮގުހެދުމާއި އޮޅުވާލުން ހިމެނޭ ގޮތުގެ މަތިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިކަން ފެށިފައިވަނީ 19 ޤަރުނުގެ ކަމުގައި ބުނެވޭ އިރު އެޔަށްވުރެ ކުރިޔަށް މިކަމުގެ އަޞްލުގޮސްފައިވެއެވެ. އެހެނީ އެޕްރީލް އެއްވަނަ ދުވަހަކީ ރޯމަނުންނާއި އިންޑިޔާގައި އާއަހަރު ފާހަގަކުރެވުނު ދުވަހެވެ. އަދި ފަހުން އާއަހަރު ފާހަގަކުރެވޭ ދުވަސް ޖެނުއަރީ އަށް ބަދަލުކުރެވުމުން އެދުވަސް ފާހަގަކުރުން ދޫނުކޮށްލި މީހުންނަށް އެފަދައިން މުޚާތަބުކުރެވި ފާހަގަކުރެވޭ ދުވަހަކަށް ވެގެންދިޔައެވެ. ނަމަވެސް ކުރިންވެސް ބަޔާންކުރެވުނު ފަދައިން އޭގެ މާކުރިންވެސް ހުޅަނގުގައި މިދުވަސް ފާހަގަކުރެވުމުން ދިޔައެވެ. ބައެއް ހުޅަނގުގެ ތާރީޚު ޢިލްމުވެރިން އެދުވަސް ފާހަގަކުރުން ފެށިފައިވަނީ ރޯމަނުންގެ ވެރިކަމުގައި ކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި އެދުވަސް ފާހަގަކުރަން ފެށުނީ ފަރަންސޭސި ވިލާތުގައި 16ވަނަ ޤަރުނުގައި ކަމަށްވެސް ބަޔާންވެފައިވެއެވެ. ސީދާ ތާރީޚެއް މިކަމުގައި ނެތްކަމުގައިވިޔަސް ވަރަށްކުރިއްސުރެ ފެށިގެން ހުޅަނގުގައި މިދުވަސްއެކިގޮތްގޮތަށް ފާހަގަކުރެވެމުންދެއެވެ.
މިޒަމާނުގައި އެދުވަސް ފާހަގަކުރުމުގެ ގޮތުން މީހުން ސިހޭ ފަދަ ބިރުގަންނަ ފަދަ ނުވަތަ ހެއްވުމަށް ޚަބަރުތަކާއި އެއްޗެހި އެކިވަޞީލަތްކުން ފާހަގަކޮށް ފަތުރާ ހަދައެވެ. މިކަން ވަނީ މުސްލިމުންގެ ތެރޭގައިވެސް ދީނަށް މާބޮޑަށް ވިސްނާލުމެއްނެތި ކުރެވެމުންދާ ކަމެއްކަމަށްވެފައެވެ. އެހެންކަމުން މިކަން ފާހަގަ ކުރުން އިސްލާމްދީނުގެ ނަޒަރުގައި އެނގުމަކީ މުހިންމު ކަމެކެވެ. އެހެނީ މިފަދަ ހުއްދަނޫން އާދަތަކަކީ ކުޑަކަމެއްކަމުގައި އަޅުގަނޑުމެންނަށް ހީވިކަމުގައިވިޔަސް މިއީ ދީނާ ފުށުއަރާ ބޮޑެތި ކަންތައްތަކެކެވެ. އެކަންކަމުން އަޅުގަނޑުމެން މުސްލިމުން ދުރުވާން ޖެހެއެވެ. އަދި ރައްކާތެރިވާން ޖެހެއެވެ.
އެޕްރީލް ފޫލް ފާހަގަކުރުމުގެ ޙުކުމް.
ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. “ބައެއް މޮޔައިން ފާހަގަކުރާ އެޕްރީލް ފޫލާއި މެދުގައި އެކަމުގެ މައްޗަށް މުސްލިމުން އަޚުންނަށް އިންޒާރުކުރަމެވެ. ހީވާގޮތުން މިހާރު އެދުވަސްވަނީ ކައިރިވެފައެވެ. މިކަން އައިސްފައިވަނީ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއި އަދި ކުފުރުގެ އަހުލުވެރިންގެ ގާތުންނެވެ. އެކަމަކީ އެއްގޮތަކުން ބަލާއިރު ދޮގެކެވެ. ދޮގު ހެދުން ޝަރުޢީގޮތުން ވަނީ ޙަރާމްވެގެންނެވެ. އަދި އަނެއްގޮތުން ބަލާއިރު ކާފަރުންނާއި ވައްތަރުވެގަތުމެކެވެ. ކާފަރުންނާއި (އެމީހުންގެ ދީނާއި އަދި އާދަތަކުގެ ޙާއްޞަކަންކަމުގައި) ވައްތަރުވެގަތުމަކީ ޙަރާމްކަމެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَن تَشَبَّهَ بِقَومٍ؛ فَهو مِنهُم) މާނައީ: ބަޔަކާއި ވައްތަރުވެގެންފިމީހާވަނީ އެބަޔެއްގެ ތެރެއިންނެވެ…..” ޝެއިޚުގެ ބަސްކޮޅު ކުރުކޮށްލެވިފައި.
ޝެއިޚު ޞާލިހު ފައުޒާން ޙަފިޒަހުﷲ މިދުވަހުގެ ޙުކުމް ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. “ދޮގު ހެދުން ހުރިހާ ވަޤުތެއްގައިވެސް ޙަރާމްވެގެންވެއެވެ. އަދި ކާފަރުންނާއި މިފަދަ ކަންކަމުގައި އަދި އެނޫންކަމެއްގައިވެސް އެއްވައްތަރުވެގަތުން ޙަރާމްވެގެންވެއެވެ…”
ޙަރާމްކަމަށް ދަލީލުކުރާ ބައެއް ދަލީލުތައް.
ދޮގުހެދުމުގެ ނުބައިކަން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا) متفق عليه. މާނައީ: އަދި ތިޔަބައީމީހުންގެ މައްޗަށް ދޮގާއި މެދުގައި އިންޒާރުކުރައްވަމެވެ. ފަހެ ދޮގު މަގުދައްކަނީ ފާފައަށެވެ. އަދި ފާފަ މަގުދައްކަނީ ނަރަކައަށެވެ. މީހާ ދޮގުހަދައި އަދި ދޮގު ހެދުމުގައި ކުރިއަރައިދެއެވެ. އެއީ ﷲގެ ޙަޟްރަތުގައި އެމީހަކީ ދޮގުވެރިޔެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ.”
މަޖަލަށް މީހުން ހެއްވަން ދޮގު ހެދުމުގެ ނުބައިކަން.
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ) رواه أبو داود في سننه: 4990 و حسنه الألباني.
މާނައީ: “މީސްތަކުންނާއި ވާހަކަދެއްކުމުގައި މީސްތަކުން ހެއްވަންވެގެން ދޮގުހަދާމީހާގެ މައްޗަށް ހަލާކުހުއްޓެވެ. އެމީހަކަށް ހަލާކުހުއްޓެވެ. އެމީހަކަށް ހަލާލުހުއްޓެވެ.” މީހުން ބިރުގެންނެވުމުގެ ނުބައިކަން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (لَا يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا) رواه أبو داود في سننه 5004 و صححه الألباني. މާނައީ: މުސްލިމަކަށް އެހެން މުސްލިމެއް ބިރުގަންނަވަން ހުއްދަވެގެން ނުވެއެވެ.
ޔަހޫދީންނާއި ނަޞާރާއިންނާއި އެއްގޮތްވުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. )لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ”. قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ” فَمَنْ( رواه البخاري ومسلم. މާނައީ: “ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން ތިމަންބޭކަލުން(ޞަޙާބީ ބޭކަލުން) ދެންނެވީމެވެ. އޭ ރަސޫލުﷲއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންހެއްޔެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ދެން ކޮންބައެއްހެއްޔެވެ؟”
ނިންމުން.
ވީމާ މިފަދަ ކަންކަމުން އެންމެ ދުވަހަކުވެސް އެންމެ ހިނދުކޮޅަކުވެސް ކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ މިކަމުގެ އަސްލު ހުއްދަވެގެން ނުވާއިރު މިކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ނިކުމެގެންދެއެވެ. ވީމާ ދުޢާއަކީ އަޅުގަނޑުމެންނަކީ މިފަދަ ނުބައިކަން ކަން މަޖާކަމަކަށް ދެކިގެން ކުރާ ބަޔެއްކަމުގައި ނުލެއްވުމެވެ. އަދި މިފިތުނައިން ސަލާމަތްކުރެއްވުމެވެ. وصلى الله وسلم على محمد و آله و صحبه أجمعين. آمين.

0 Comments