އަދި ވެލާކަހަނބު އަދި ކަނޑުއަސް(Seahorse) އަދި ޤުންފުޛު (Hedgehog) ގެ މަސް ކެއުމުގެ ޙުކުމް.
އިސްލާމްދީނުގައި ކިނބޫ މަސްކެއުމަކީ ޙަލާލްކަމެއްތޯ ނުވަތަ އެއީ ޙަރާމްކަމެއްތޯ ޢިލްމުވެރިންވަނީ ތިން ބަހެއްގެ މައްޗަށް ޚިލާފުވެ ވަޑައިގެންފައެވެ.
ފުރަތަމަ ބަހަކީ: ޙަރާމްވުމެވެ.
ދެވަނަ ބަހަކީ: މަކްރޫޙަ ވުމެވެ.
ތިން ވަނަ ބަހަކީ: ހުއްދަ ވުމެވެ.
ފުރަތަމަ ބަސް
ކިނބޫމަސް ޙަރާމްވާނެ ކަމަށް ޙަނަފީ މަޒްހަބާއި، ޝާފިޢީ މަޒްޙަބާއި އަދި ޙަންބަލީ މަޒްހަބުގައިވެއެވެ. އެބޭކަލުންގެ ދަލީލަކީ ފޭރާ ދަތް ހުންނަ ޝިކާރަކުރާ އެއްޗެހި ޙަރާމްވާނެ ކަމަށް އޮންނަ ޙަދީޘެވެ.
ދެވަނަ ބަސް
މިބަސް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ ކިނބޫމަސް މަކުރޫހަވާނެ ކަމަށެވެ. މިބަސް ނަޤުލުކުރެވުނު ފޮތުން އެބަސް ވިދާޅުވާ ބޭފުޅުން ބަޔާންކުރައްވާފައެއް ނުވެއެވެ.
ތިންވަނަ ބަސް
ތިންވަނަ ބަހަކީ ކިނބޫ މަސް ޙަލާލްވާނެ ކަމަށް ބުނާ ޢިލްމުވެރިންގެ ބަހެވެ. އަދި މިއީ މާލިކީ މަޒްހަބުގެ ރައުޔެވެ. އަދި އިމާމު އަޙުމަދުވެސް (ދެވަނަ ރައުޔަކަށް) މިބަސްފުޅު ވިދާޅުވާ ކަމަށް ރިވާވެގެންވެއެވެ. މިފަދައިން ހިޖުރީ ސަނަތުން 94 ވަނަ އަވާހަރަވެ ވަޑައިގެންނެވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ދަނބިދަރިކަލުން އަދި އިސްދަރިވަރު ތާބިއީންގެ އެންމެ މާތްވެގެންވާ އެއްބޭފުޅާ: ސަޢީދު ބިން މުސައްޔިބު ރަޙިމަހުﷲ ފަތުވާދެއްވާފައިވެއެވެ.
އެބޭކަލުންގެ ދަލީލަކީ ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 96 ވަނަ އާޔަތް އަދި ކަނޑުގެ ފެން ޠާހިރު ކަމަށް އަދި ކަނޑުގެ ދިރޭ އެއްޗެހި މަރުވުމުން ކެއުން ހުއްދަވާނެ ކަމަށް އޮންނަ ޙަދީޘެވެ. އަދި ކިނބޫ މަސް ކެއުމާއި ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ދާރުލް އިފްތާ (ފަތުވާ ދެއްވާ މަރުކަޒު)އިން ޝެއިޚު ބިން ބާޒު ރަޙިމަހުﷲގެ ރައީސްކަމުގައި ފަތުވާ ދެއްވާފައިވަނީވެސް އެންމެ ބޮޑަށް ރަނގަޅު ބަހަކީ މިބަސް ކަމުގައެވެ. އަދި ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ވެސް މުމްތިޢު މިފޮތުގައި މަތީގައިވާ ހުއްދަނޫން ކަމަށް ބުނާ ބަހާއި މިބަސް އަޅާ ކިޔުއްވުމަށްފަހު، ބޮޑަށް ރަނގަޅު ގޮތަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ ދެއްވާފައިވެއެވެ.
ދާރުލް އިފްތާގެ ފަތުވާ:
ސުވާލު: އަންނަނިވި ޖަނަވާރުތައް ކެއުން ޙަލާލުވާނެ ހެއްޔެވެ؟ ކަހަނބު (ވެލާ)، ކަނޑުއަސް (Seahorse)، ކިނބޫ އަދި ޤުންފުޛު (hedgehog) ނުވަތަ ޙަރާމްވާނެ ހެއްޔެވެ؟ އެބޭކަލުން ޖަވާބުދެއްވިއެވެ: "ޤުންފުޛު ކެއުން ޙަލާލުވާނެއެވެ. އެއީ އަންނަނިވި އާޔަތުގެ ޢާންމުކަމުގެ ދަށުންނެވެ. (قُلْ لَا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَى طَاعِمٍ يَطْعَمُهُ إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ) (سورة الأنعام: 145)
މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ اللَّه ނޫންފަރާތަކަށް ކަތިލާފައިވާ ފާސިޤު އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް ޙަރާމް ވެގެންވެއެވެ.)"
އަދި އަޞްލަކީ ހުއްދަވުމެވެ. އެޔާމެދު ނަޤުލުވެގެން އެއްޗެއް ސާބިތުވެގެން އައުމަށް ދާންދެނެވެ. އަދި (ވެލާ)ކަހަނބާއި ގުޅޭގޮތުން ޢިލްމުވެރިންގެ ޖަމާޢަތެއް ވިދާޅުވަނީ: ކަތިނުލާވިޔަސް ކެއުން ހުއްދަވާނެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގެ ޢާންމު މާނައިގެ ދަށުންނެވެ.
(أحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ) (سورة المائدة: 96)
މާނައީ: " ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައިވެއެވެ." އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑާއި ބެހޭގޮތުން ވިދާޅުވެފައިވާ ޙަދީޘް ބަސްފުޅުގެ ދަށުންނެވެ.
(هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ) (رواه الترمذي والنسائي و ابن ماجه و هو حديث صحيح)
މާނައީ: "އެތަނުގެ ފެނަކީ ތާހިރުއެއްޗެކެވެ. އަދި އެތަނުގެ(ކަނޑުގައި ދިރިއުޅޭތަކެތީގެ ތެރޭން) މަރުވެފައިވާ ތަކެތި ކެއުން ހުއްދަވެގެންވެއެވެ." ނަމަވެސް އެންމެ ބޮޑަށް ރައްކާތެރިވެގެންވަނީ ކަތިލުމެވެ. އެއީ ޚިލާފުން ނުކުތުމަށެވެ.
އަދި ކިނބުލާއި މެދު ބުނެވެއެވެ: ކަނޑުމަސް ފަދައިން ކެއުން ހުއްދަވާނެއެވެ. އެއީ އިސްވެދިޔަ އާޔަތާއި ޙަދީޘްގެ ޢާންމު މާނައިގެ ދަށުންނެވެ. އަދި ބުނެވެއެވެ: ކެއުން ހުއްދައެއްނުވާނެއެވެ. ސަބަބަކީ ޝިކާރަކުރާ ދަތް ހުންނަ އެއްޗަކަށްވާތީއެވެ. (ޙަދީޘްގައި މިފަދަ ތަކެތި ކެއުން މަނާވެގެންވެއެވެ) އަދި އެންމެ ރަނގަޅު(ރާޖިޙު) ބަހަކީ ފުރަތަމަ ބަހެވެ.
އަދި ކަނޑުއަސް(Seahorse) ކެއުން ހުއްދަވާނެއެވެ. އެއީ އިސްވެ ދިޔަ އާޔަތާއި އަދި ޙަދީޘްގެ އާންމު މާނައިގެ ދަށުންނެވެ. އަދި އެޔާ ޚިލާފުވާ އެއްޗެއް ނެތުމުންނެވެ. އަދި ބިމުގެ އަސް ކެއުން ނައްޞުން ޙަލާލުވެގެންވެއެވެ. އެހެންކަމުން ކަނޑުގެ އަސް ކެއުން ޙަލާލުވެގެން އައުލާވެގެންވެއެވެ." ފަތާވާ އައްލަޖުނަތުއް ދާއިމާ: 22/319 ރައީސް ޝެއިޚް ބިން ބާޒު رحمه الله. ނިމުނީ.

މި ލިޔުން ޑައުންލޯރޑުކުރުމަށް : ލިންކު
والله أعلم وصلى الله وسلم على محمد و آله و صحبه أجمعين.
0 Comments