الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين أما بعد:
ފިޤުހުވެރިން ވިދާޅުވާގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުވެގެންވަނީ އަންނަނިވި ދެކަމުން ކުރެ އެއްކަމެއް ޙާޞިލުވުމުންނެވެ. އެއީ:
ހ. ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދު ލޮލަށް ފެނުން. (ދުރުމި ފަދަ އެއްޗަކުން ބަލައިގެން ފެނުން މީގެ ތެރެއަށް ވަދެގެންދެއެވެ)
ށ. ޝައުބާން މަހުގެ ތިރީސް ދުވަސް ހަމަވުމުންނެވެ. ރޯދަމަސް ފެއްޓުމަށް ފަލަކީ ޙިސާބުގެ މައްޗަށް ހަނދު ސާބިތުކުރުން ހިމެނެނީ ޝަރުޢީގޮތުން ކަނޑައެޅިފައިވާ މިދެގޮތުން ބޭރުވުމެއް ކަމުގައެވެ. އެހެންކަމުން ތިރީގައި މިވަނީ އެކަމުގެ ނައްޞުތަކާއި އަދި އެކަމުގެ މައްޗަށްވާ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.

ފަލަކީ ޙިސާބު ބެލުމަކީ އިސްލާމްދީނުގައި އޮންނަ ގޮތެއްނޫނެވެ. އަދި ކިއެއްތަ އެއީ ހަތަރު މަޒުހަބުން އެއީ ގޯސްގޮތެއްކަމަށް އެއްބަސްވެފައިވާ އިޖްމާޢުވެފައިވާ އަދި ނަބިއްޔާގެ ސުންނަތުން އެކަމާއި ދެކޮޅަށް ބަސް ޙަދީޘްކުރައްވާފައިވާ ކަމެކެވެ. އަދި އެކަމުގެ އަސްލު އައިސްފައިވަނީ ޝީޢާ ރާފިޟާއިންނާއި ބާތިނީ ޝީޢާ ފިރުޤާއެއްކަމުގައިވާ އިސްމާޢިލިއްޔާގެ ކިބައިންނެވެ. (ރާފިޟާއިންނަކީ ޞަހާބީން ކާފަރުކޮށް އިސްލާމްދީނުގެ ވަރަށް ގިނަކަންކަމަށް އިންކާރު ކުރާ މަގުފުރެދިފައިވާ ޖަމާޢަތެކެވެ)
މިކަން ބަޔާންކުރައްވައި ޞަޙީޙް ބުޚާރީގެ ޝަރަޙާގައި ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު ޙަދީޘް އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ: "ބަޔަކު މީހުން ފަލަކީ ޙިސާބު ޖަހާ މީހުންނަށް އެމައްސަލާގައި ރުޖޫޢަވިއެވެ. އެބައިމީހުންނަކީ ރާފިޟާއިންނެވެ. އަދި ބައެއް ފިޤުހުވެރިންގެ ކިބައިން އެބައިމީހުންނާ އެއްބަސްވާ ބަހެއް ނަޤުލުކުރެވިފައިވެއެވެ. (އިމާމު) ބާޖީ ވިދާޅުވިއެވެ. ސަލަފުއް ޞާލިޙުންގެ އިޖުމާޢުއަކީ އެބައިމީހުންގެ މައްޗަށްވާ ޙުއްޖަތެކެވެ. (އެބަހީ އެބަސް ނުބައިކަމަށްވާ ދަލީލެލެވެ) އަދި އިބުނު ބަރީޒާ ވިދާޅުވިއެވެ. އެއީ ބާޠިލު މަޒުހަބެކެވެ." ޞަޙީޙް ބުޚާރީގެ ޝަރަޙަ ފަތުޙުލް ބާރީ: 4/127
ފަހުގެ ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު އަދި ޝާފިޢީ މަޒްހަބުގެ އެންމެ މުޢުތަބަރު ބަސް ނަޤުލުކުރައްވާފައިވާ އިލްމުވެރިޔާ ކަމުގައިވާ އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. "މަންޒިލުތަކަށް (ފަލަކީ ޙިސާބަށް މިކަމުގައި ބަރޯސާވާން) ޖެހޭނެކަމަށް ބުނާ މީހާގެ ބަސްވަނީ ރައްދުވެގެންނެވެ. އެއީ ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައިވާ ޙަދީޘްގެ މަތިންނެވެ. "އަހަރެމެންނަކީ އުއްމިއްޔާ އަދި ފަލަކީ ޙިސާބު ޖަހާ އުއްމަތެއްނޫނެވެ. މަސްތައްވަނީ މިފަދައިން އެފަދައިން (ތިރީސް ނުވަތަ ނަވާވީސް) ކަމުގައެވެ." މިފަދައިން ޙަދީޘްވެއެވެ. އަދި ރަނގަޅު ބަހަކީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ. އަދި އެނޫން ހުރިހާ ބަސްތަކެއް ވަނީ ފާސިދު ރައްދުކުރެވިގެންނެވެ. އެއީ ޞަރީޙަ ޙަދީޘްތަކުގެ ސަބަބުންނެވެ." މަޞްދަރު: އަލްމަޖްމޫޢު: 6/270
އިމާމު އަބޫ ޙަނީފާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ރަށެއްގެ މީހުން ހަނދު ނުފެންނަނިސް ރޯދަ ހިފައިފިނަމަ އެބައިމީހުން ނުބައި ހަދައިފިއެވެ. އެއީ ނަބިއްޔާގެ ޙަދީޘްގެ މަތިންނެވެ. (إذا رأيتم الهلال فصوموا، وإذا رأيتموه فأفطروا، فإن غُمَّ عليكم فصوموا ثلاثين يومًا) މާނައީ: "ހަނދުފެނުމުން ތިޔަބައިމީހުން ރޯދަހިފަން ފަށާށެވެ. އަދި ހަނދުފެނުމުން ތިޔަބައިމީހުން ޢީދުކުރާށެވެ. އަދި ވިއްސާރަވެއްޖެނަމަ ތިޔަބައިމީހުން ޝައުބާން މަހުގެ ތިރީސް ހަމަކުރާށެވެ." އަދި (ފަލަކީ ޙިސާބަށް ބަލައިފިނަމަ) އެބައިމީހުން ރަސޫލާގެ އަމުރު ފުޅާ ޚިލާފުވެއްޖެއެވެ. އަދި އެބައިމީހުން ވަނީ ގޯސްވެގެންނެވެ." މަޞްދަރު: އަލްމަބްސޫތު 4/16
އިމާމު މާލިކު ރަޙިމަހުﷲ ފަލަކީ ޢިލްމުގެ މައްޗަށް ރޯދަޔާ ޢީދު ފައްޓާ ވެރި މީހާޔާ މެދު ވިދާޅުވެފައިވެއެވެ. "އޭނާއަށް ތަބާވުމެއް އަދި އިއުތިޤާދުވުމެއް ނެތެވެ" އިމާމު ޤުރުތުބީ ރަހިމަހުﷲ ފަލަކީ ޙިސާބު ބާތިލުކަމަށް އިޖުމާޢު އެކަލޭގެފާނުގެ ތަފުސީރުގައި ގެންނަވާފައިވެއެވެ. މަޞްދަރު: ތަފްސީރު ޤުރުތުބީ: 2/293 މިކަމުގެ ޚިލާފު އޮތުމަކީ ސުންނަތާއި އަދި އިޖުމާޢު ދޫކޮށްލަން އޮތް ހުއްޖަތެއްނޫނެވެ.
ފަލަކީ ޙިސާބަށް ތަބާވެގެން ރޯދަ ހިފަން ފަށައިފިނަމަ ރޯދަ ހިފަންޖެހޭނެތަ؟
އެގޮތަށް ތަބާވެގެން ރޯދަ ހިފަން ފަށައިފިނަމަ ތަބާވާން ނުޖެހޭނެ ކަމަށް އިމާމު މާލިކު ފަތުވާދެއްވާފައިވެއެވެ. އަދި ރޯދަ ހިފަން ނުޖެހޭނެކަމަށް އިޖުމާޢު އިބުނު ރުޝްދު ޖައްދު، ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ އަދި ސަލަފުން ގެންނަވާފައިވެއެވެ. އިމާމު މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. وروى ابن نافع عن مالك في الإمام الذي يعتمد الحساب أنه لا يقتدى به ولا يتابع މާނައީ: ފަލަކީ ޢިލްމަށް ބަރޯސާވާ ވެރިމީހާގެ މައްޗަށް ތަބާވެ އެކަމުގައި ޢަމަލު ކުރުމެއްނުވާކަމށް އިބުނު ނާފިޢު މާލިކުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. (މަޞްދަރު: މަވާހިބުލް ޖަލީލް ފީ ޝަރަހަ މުޚްތަޞަރިލް ޚަލީލް: 2/387)
ޝެއިޚު ޞާލިޙު ފައުޒާން ޙަފިޡަހުﷲ ވިދާޅުވެފައިވެއެވެ. "ފަލަކީ ޙިސާބުގެ މައްޗަށް ބުރަވެ ރޯދަ ހިފައިފިނަމަ އެބައިމީހުން ފާފަވެރިވާނެއެވެ. އެއީ (ރޯދަޔާއި) ދިމާވި ކަމުގައިވިޔަސްމެއެވެ. ސަބަބަކީ އެމީހުން އެކުރީ އެމީހުންނަށް ކުރަން (ޝަރުޢުގައި ނުވަތަ ދީނުގައި) އަމުރުވެވިގެން ނުވާ ކަމެކެވެ." ފަލަކީ ޙިސާބު ޖަހާ އެޔަށް ތަބާވާ މީހުންނާއި ބެހޭގޮތުން ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އެބައިމީޙުން ވާހުށީ މުއުމިނުންގެ މަގުނޫން މަގަށް ތަބާވާ ބައެއްކަމުގައެވެ" މަޖްމޫޢުލް ފަތުވާ 25/165
والله أعلم ولا حول ولا قوة إلا بالله.
وصلى الله وسلم على حبيبنا وقدوتنا و نبينا محمد و آله وصحبه ومن تبعه بإحسان إلى يوم الدين.
ބަހުޘް ޑައުންލޯރޑު ކުރައްވާ: ލިންކު

0 Comments