މައްކާ ކްލޮކް ރޯޔަލް ޓަވަރ


ރާއްޖެއިސްލާމް
މައްކާގައި ޢިމާރާތް ކުރެވެމުންދާ "މައްކާ ކްލޮކް ރޯޔަލް ޓަވަރ"ގައި ބެހެއްޓުމަށްޓަކައި ހަދަމުންދާ ބޮޑުގަޑީގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހިސާބުގައެވެ. މި ގަޑި ބެހެޓުމަށް ހަމަޖެހިފައިވާ "ރޯޔަލް ޓަވަރ" ގެ އުސްމިނުގައި 577 މީޓަރުގެ އުސްމިން ހުރެއެވެ. އަދި މައްކާގެ ރަށްބޭރުމަލަމަތީން މި ޢީމާރާތް ފެންނަން ހުންނާނެވެ. ގަޑީގެ ޑައިމީޓަރުގައި 46 މީޓަރު ހުންނަ މިގަޑިއަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ބިގް ބެންގެ ނަމުން ނަންދެވިފައިވާ ގަޑީގެ ފަސް ގުނަ ބޮޑު ގަނޑިއެކެވެ.
ހަތަރު ފަރާތަށް ފެންނަގޮތަށް ހުންނަ މިގަޑީގެ މޫނު މައްޗާއި ދިމާލުން މަތީގައި ލަފްޒުލް ޖަލާލާ (ﷲ ގެ އިސްމުފުޅު) ލިޔެވިފައި ހުންނާނެއެވެ. އަދި އެ އިސްމުފުޅު ހަތް ކިލޯމީޓަރުގެ ދުރުމިނަށް ފެންނާނެއެވެ. 

 

މި ގަޑި ތައްޔާރު ކުރެވެނީ މަލިކު ޢަބްދު ﷲ ބިން ޢަބްދުލް ޢަޒީޒުގެ އަމުރުފުޅަކަށް މަލިކު ޢަބްދުލް ޢަޒީޒު ވަޤުފްގެ ފަރާތުންނެވެ. މައްކާ ކްލޮކް ޓަވަރު ހޮޓެލްގައި 858 ކޮޓަރި ހުރެއެވެ. އަދި އެތަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2010 ގެ ފަހުކޮޅުކަމުގައިވެއެވެ. 76 ބުރީގެ މި ހޮޓާ ޢިމާރާތަކީ ހަތް ޓަވަރުގެ މައްޗަށް އެކުލެވޭ "ބުރުޖުލް ބައިތު" ޢިމާރާތުގެ ބައިތަކުގެ ތެރެއިން އެއްބައެވެ. މި ޢިމާރާތަކީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅާއި ޖެހިގެން ހުންނަ ޢިމާރާތެކެވެ. ފޮޓޯ: އަލްސޭ

Post a Comment

0 Comments