ދިވެހިންނާއި ތައުޙީދު
ދިވެހިބަހުގެ އެންމެ މުސްކުޅި އެއް ޅެންފޮތްކަމުގައިވާ ބޮޑުތާޙީދަކީ ތައުޙީދުގެ މައްޗަށް ލިޔެވުނު ރައިވަރުފޮތެކެވެ. މިފޮތުގެ ނަމަކީވެސް ތައުޙީދެވެ. އާދެ ބޮޑުތައުޙީދެވެ. ކުރުކޮށް ބުނަންޏާމު ބޮޑުތާޙީދެވެ. ދިވެހިބަހުގައި ތައުޙީދަށް ތާޙީދު ކިއިދާނެކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވެއެވެ. އެފޮތަކީ ހިޖުރީ ސަނަތުން 1150 ވަނައަހަރު ލިޔެވިފައިވާ ދިވެހިބަހުގެ ފެންނަން އޮތް އެންމެ މުސްކުޅި އެއް މަސައްކަތެވެ. ފުރަތަމަ ރައިވަރުގައި އެދުރު ޢުމަރުކަލޭގެފާނު ލިޔުއްވައެވެ.
އައިކި ބިސްމި ﷲ ފައި ( ބިސްމިﷲ ކިޔައިފައި )
ގައިމު ހިތުލޭ ވަތާ އިންފަ (ގައިމު ހިތުލޭފަ ވަތާއިން)1
ށައި ތައުޙީދު ގަތި އިންފަ ( ތައުޙީދުން ފަށައިގަތިން)
ޖުމްލަ މާނަ: ބިސްމިﷲ ކިޔައިފައި ހިތުގެ ނިޔަތް ޚާލިސްކޮށްފައި ތައުޙީދު(ގެ މަތިވެރި ކަލިމަފުޅު)ން ފަށައިގަތީމެވެ.
ދިވެހިބަހުގެ އެންމެ މުސްކުޅި އެއް ޅެންފޮތްކަމުގައިވާ ބޮޑުތާޙީދަކީ ތައުޙީދުގެ މައްޗަށް ލިޔެވުނު ރައިވަރުފޮތެކެވެ. މިފޮތުގެ ނަމަކީވެސް ތައުޙީދެވެ. އާދެ ބޮޑުތައުޙީދެވެ. ކުރުކޮށް ބުނަންޏާމު ބޮޑުތާޙީދެވެ. ދިވެހިބަހުގައި ތައުޙީދަށް ތާޙީދު ކިއިދާނެކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ބުރަވެވެއެވެ. އެފޮތަކީ ހިޖުރީ ސަނަތުން 1150 ވަނައަހަރު ލިޔެވިފައިވާ ދިވެހިބަހުގެ ފެންނަން އޮތް އެންމެ މުސްކުޅި އެއް މަސައްކަތެވެ. ފުރަތަމަ ރައިވަރުގައި އެދުރު ޢުމަރުކަލޭގެފާނު ލިޔުއްވައެވެ.
އައިކި ބިސްމި ﷲ ފައި ( ބިސްމިﷲ ކިޔައިފައި )
ގައިމު ހިތުލޭ ވަތާ އިންފަ (ގައިމު ހިތުލޭފަ ވަތާއިން)1
ށައި ތައުޙީދު ގަތި އިންފަ ( ތައުޙީދުން ފަށައިގަތިން)
ޖުމްލަ މާނަ: ބިސްމިﷲ ކިޔައިފައި ހިތުގެ ނިޔަތް ޚާލިސްކޮށްފައި ތައުޙީދު(ގެ މަތިވެރި ކަލިމަފުޅު)ން ފަށައިގަތީމެވެ.
ތައުޙީދަކީ ކޮބާ؟
ތައުޙީދަކީ ޢަރަބި ލަފުޒެކެވެ. ބަހުގެގޮތުން މިލަފުޒުގެ މާނައަކީ އެއްކައުވަންތަ ކުރުމެވެ. ފަރުދީއެއްޗަކަށް ހެދުމެވެ.
ޝަރުޢީގޮތުން މިބަހުގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިލާހުވަންތަކަމުގަޔާއި، ރައްބުވަންތަކަމުގަޔާއި އަދި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުން އެއިލާހު އެއްކައުވަންތަކުރުމެވެ.
ތައުޙީދު ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ
1. އިލާހުވަންތަކަމުގެ ތައުޙީދު ( ޢަރަބި ބަހުން: ތައުޙީދުލް އުލޫހިއްޔަތު)
2. ރައްބުވަންތަ ކަމުގެ ތައުޙީދު (ތައުހީދުއް ރުބޫބިއްޔަތު)
3. އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ ތައުޙީދު ( ތައުޙީދުލް އަސްމާއު ވައްޞިފާތު)
1.އިލާހުވަންތަކަމުގެ ތައުޙީދަކީ ކޮބާ؟
އުލޫހިއްޔަތު މި ލަފުޒަކީ އިލާހު މިބަހުން ނެގިފައިވާ ލަފުޒެކެވެ. އިލާހުގެ މާނައަކީ އަޅުކަން އެފަރާތަކަށްކުރެވޭ، އެފަރާތަކަށް އަޅުކަން ރައްދުވާ ފަރާތެވެ.
ޝަރުޢީގޮތުން އިލާހުވަންތަކަމުގެ ތައުޙީދަކީ އަޅުކަން ކުރުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ އެއްޗެހި އުފެއްދެވި އިލާހުކަން ދެނެގަނެ އެއިލާހަކީ އިލާހުވަންތަކަން ލިބިވޮޑިގެންފައިވާ އަދި އެއިލާހު އުފެއްދެވި ހުރިހާ މަޚްލޫޤުން އެފަރާތަކަށް އަޅުކަން ކުރުން ޙައްޤުފަރާތްކަމަށް އިޤުރާރުވުމެވެ.
މިގޮތުން މިކަންކުރަންޖެހެނީ ބަސްތަކުންނާއި ހިތުގައި އޮންނަ އިޢުތިޤާދުންނާއި އަދި އަމަލުންނެވެ. މިއީ އަޅުކަން ކުރުމުގައި އެއިލާހު އެއްކައުވަންތަ ކުރަންޖެހޭގޮތެވެ. އަދި މަތީގައިވާ ބަޔާންވެފައިވާ ގޮތާއި ޚިލާފުވާ ކޮންމެކަމަކާއި ދެކޮޅު ހެދުމެވެ. އެހެންކަމުން އަޅުކަން ކުރާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ހިތްޚާލިސްކޮށް އެއްވެސް ޝަރީކެއް ބައިވެރިކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. ސަބަބަކީ އަޅުކަން ކުރަން ހަމައެކަނި ޙައްޤުވެގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށްވުމެވެ. އަދި އެނޫން ހުރިހާ އަޅުކަންކުރެވޭ ތަކެއްޗަކީ ބާތިލު އިލާހުންކަމަށް ޤަބޫލުކޮށް އިންކާރު ކުރުމެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلا لِيَعْبُدُونِ ﴿އައްޛާރިޔާތުގެ 56 ވަނަ އާޔަތް﴾
މާނައީ:" ތިމަން އިލާހު ޖންނީންނާއި އިންސީން އަޅުކަން ކުރަން މެނުވީ ނުއުފައްދަވަމެވެ. " ޖިންނީންނާއި އިންސާނުން އުފެއްދެވި ޙިކުމަތަކީ މިއެވެ. އެއީ ޝަރީކުކުރުމެއް ނެތި އެއިލާހަށް އަޅުކަން ކުރުން ފިޔަވައި ދެން ކޮންކަމެއްހެއްޔެވެ؟ ތައުޙީދުގެ ތިންބައިގެ ތެރެއިން މުޝްރިކުން ދެކޮޅު ހަދާ ބަޔަކީ މިއެވެ. ހުރިހާ އިލާހުންތަށް އެއްއިލާހަކަށް ހެދުން އެބައިމީހުންނަށް ވީ ހަޖަމު ނުކުރެވޭ ކަމަކަށެވެ. އެބައިމީހުން ބުނި ބަސް ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވަނީ މިފަދައިންނެވެ.
أَجَعَلَ الآلِهَةَ إِلَـٰهًا وَاحِدًا ۖ إِنَّ هَـٰذَا لَشَيْءٌ عُجَابٌ ﴿ ޞާދު ސޫރަތުގެ 5 ވަނައާޔަތް﴾
މާނައީ: އެކަލޭގެފާނު ހުރިހާ އިލާހުންތަކެއް އެއްއިލާހަކަށް ހަދަނީހެއްޔެވެ؟ ހަމަކަށަވަރުން މިއީ އަޖާއިބުކުރަނިވި ކަމެކެވެ. "
އަޅުގަނޑުމެން ދިވެހި މުޖުތަމަޢުގައިވެސް ތައުޙީދުގެ އެންމެ މުހިންމު މިބައި މިދަނީ ވަރަށް ބޮޑަށް ހަނދާންނައްތާލެވެމުންނެވެ. ސިހުރު ވަރިތޮޅި ފަންޑިތަ ހެދުމަކީ ތައުޙީދުގެ މިބައި ނަފީ ކުރާ ކަމެކެވެ. ހޮރޮސްކޯޕުބެލުންވެސް މިބައި ނަފީކުރާ ބައިގެ ތެރެއަށް ވަދެއެވެ. ސަބަބަކީ ހޮރޮސްކޯޕަކީ ފާލު ބެލުމެކެވެ. ހޮރޮސްކޯޕު ބަލަނީ ތަރިތަކަށް ބަލައިގެންނެވެ. މިއީ ދީނުގައި ނުހަނު ގަދައަށް މަނާކުރައްވާފައިވާ ބޮޑު ކުށެކެވެ. އަދި މިކަންކުރަމުންދާ މީހެއްގެ އިސްލާމްކަން ނަފީކުރަމުންދާ ފަދަ ބޮޑު ފާފައެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ﴿ލުޤުމާނު ސޫރަތުގެ 34 ވަނައާޔަތް﴾
މާނައީ: "އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ.
2.ރައްބުވަންތަކަމުގެ ތައުޙީދު
ތައުޙީދުއް ރުބޫބިއްޔަތު ނުވަތަ ރައްބުވަންތަކަމުގެ ތައުޙީދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ މިދުނިޔެއާއި ކައުނުގައި ވާ ހުރިހާއެއްޗެއް އުފެއްދެވި އިލާހުކަމަށް އީމާންވެ އަދި އެތަކެތީގެ ވެރިރައްބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށް އިޢުތިރާފުވުމެވެ.
އެއިލާހަކީ ހުރިހާއެއްޗެހީގެ ވެރިރައްބެވެ. އަދި ރިޒުޤުދެއްވާ ފަރާތެވެ. އަދި ދިރުއްވާ މަރުގަންނަވާ ފަރާތަކީވެސް ﷲ އެވެ. އެއިލާހު އިރާދަކުރެއްވި ކޮންމެ ކަމެއް ވާ ހުއްޓެވެ. ހުރިހާކަމެއް ހިތްމެވުންވަނީ އެއިލާހަށެވެ. އެކަމުގައި އެއިލާހާއި އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވެއެވެ. އެއިލާހާއި އެއްވެސް ޝަރީކެއް ނުވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ
މާނައީ: އެންމެހާ ހަމްދުޘަނާ ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.
ހަމައެކަނީ ތައުޙީދުގެ ތަނބުތަކުގެ ތެރެއިން މިބަޔަށް އީމާންވުމުން އަދި މުސްލިމަކަށް ވުމަކަށް ނުފުދެއެވެ. މިކަމުގެ ހެއްކަކީ މައްކާގެ މުޝްރިކުންވެސް މިބަޔަށް އީމާންވިއެވެ. ނަމަވެސް އެބައިމީހުން އެއިލާހުގެ އިލާހުވަންތަކަމާއި އެހެންތަކެތި ބައިވެރިކޮށް ޝިރުކުކޮށް އިހާލުވަންތަކަމުގެ ތައުޙީދަށް އެބައިމީހުން ދެކޮޅު ހެދިއެވެ. ނަމަވެސް އެބައިމީހުން ޤަބޫލުކުރިގޮތުގައި ހުރިހާއެއްޗެއް އުފައްދަވާ އަދި އުޑާ ބިން އުފެއްދެވީ ވެސް ﷲ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިކަން ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ لَيَقُولُنَّ اللَّـهُ (ޒުމަރު ސޫރަތުގެ 38 ވަނަ އާޔަތް)
މާނައީ: "އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. "
ނުނިމޭ
1. މިއީ ޝާހިދު ޙަލީމް ބުރަވެލައްވާ ގޮތް. ދެއްވި އެހީތެރިކަމަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ
ނޯޓު: ( ރައިވަރު ނެގުނީ ބޮޑުތާހީދުގެ (ޢަބްދުﷲ ސާދިޤު) ސޯދުބޭގެވާޝަނުން )
4 Comments
Aruoxam , keep it up,