Qiyaamathuge alamaiythakuge thereyn: falamehun ginavun.

ބިރުވެރި ޤިޔާމަތްދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން ފަލަމީހުން ޢާންމުން ތެރޭގައި ގިނަވުން
ޑރ.މުޙައްމަދު ޢަރީފީ

މާތްﷲ ރުއްސުންލެއްވި އިމްރާން ބިން އަލްޙުސައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"އެންމެ ރަނގަޅު ޖީލަކީ ތިމަންކަލޭގެފާނުގެ ޒަމާނުގެ މީސްތަކުންނެވެ. ދެންއެޔަށްފަހު އަންނަ މީހުންނެވެ. ދެން އެޔަށްފަހު އަންނަ މީހުންނެވެ. ދެން އެޔަށްފަހު އަންނަ މީހުންނެވެ. ދެން އެޔަށްފަހު އެބައިމީހުންގެ ކިބައިން އެހުމެއްނެތި ހެކިދޭ ބަޔަކު މީސްތަކުންގެ ތެރެއިން ފާޅުވެދާ ހުއްޓެވެ. އެބައިމީހުން ވާށީ އިތުބާރުނުކުރެވޭ ދޮގުވެރިބަޔެއްކަމުގައެވެ. އެބައިމީހުން ނުފުއްދާ ދޮގު ވައުދުތައް ކުރާނެއެވެ. އަދި އެބައިމީހުންގެ ތެރެއިން ފަލަވާބަލި (މަޑުޗަކުން ޗައްޕާސްވެފައިތިބުން) ޢާންމުވާނެއެވެ"

ޤިޔާމަތްކައިރިވުމުން ފަލަވާބަލި ނުވަތަ ފަލަކޮށް ޗަބީކޮށް ތިބޭ މީހުން ގިނަވަމުންދެއެވެ. އެކަން މެދުވެރިވާ އެއްސަބަބެއްކަމުގައިވެފައިވަނީ މޮޅެތި ކެއުންތަކާއި ފާޑުފާޑުގެ ބުއިންތައް ޢާންމުވެފައިވާތީއެވެ. އަދި ފޮނިތަކެއްޗާއި ހަލުވާފަދަ ތަކެތި ކެއުން އިތުރުވެފައިވާތީއެވެ. މީސްތަކުން އެބައިމީހުންގެ ހަށިގަނޑުތައް ބޭނުންކުރުމުގެ ބަދަލުގައި ޚިދުމަތުގައި ގެންގުޅެނީ ތަފާތު މެސިންތަކެވެ. ޒުވާނުންނާއި މުސްކުޅިންނާއި އަދި އެނޫން މީސްތަކުންގެ މެދުގައިވެސް ފަލަވުމަކީ ޢާންމުކަމެއް ކަމުގައިވެއްޖެއެވެ. ދުނިޔޭގެ ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ ހަމީހަކުން އެކަކީ ފަލަވާން ޖެހޭ ނިސްބަތަށްވުރެ ބޮޑަށް ފަލަވެފައިވާ ނުވަތަ ފަލަބަލި ޖެހިފައިވާ މީހެކެވެ.

މިއަދު އަޅުގަނޑުމެންނަށް ފަލަވާ ބަލިން ސަލާމަތްވުމަށް ބޭނުންކުރާނެ ތަފާތު ބޭސްތަކާއި އަދި ބަނޑުހިންދާނެ ތަފާތު ސާރޖަރީތައް އާންމުވެފައިވާ އެއްޗެހީގެ ގޮތުގައި ފެންނަމުންދަނީއެވެ.
ޝެއިޚުގެ ބަސްކޮޅު ނިމުނީ

Post a Comment

1 Comments

Anonymous said…
well if there is verse or hadith then we won't hesitate to believe so.. ;)