ޢިބުރަތްތެރިވާހަކަ: ސަޤަރު
ސަޢުދިޢަރަބިއްޔާގެ ވެރިރަށްކަމަށްވާ ރިޔާޟު ސިޓީގައި ދުއްވަމުން ދިޔަކާރެކެވެ. ކާރުގެ ދުވެލި ހުރީ މެކުހަށް ޖަހާފައެވެ. މެކުހުގެވެސް މެކުހެވެ. އެހެންކަމުން ކާރު ދިޔައީ ވަރަށް ގަދަފަދަ ދުވެލީގައެވެ. ކާރުގެ ތެރޭގައި ތިބި ތިންޒުވާނުން ތިބީ ދުވެލީގެ ގަދަ މަސްތުގައެވެ.
މިހެން ތިއްބާ ކުއްލިއަކަށް ކާރު ތަނެއްގައި ޖެހި ކާރުގައި ތިބި ތިންމީހުން އެކިދިމަދިމާޔަށް ބުރުއްސައިގެން ހިނގައްޖެއެވެ. ވަގުތުން ދެމީހަކު މަރުވެއްޖެއެވެ. ތިންވަނަ މީހާ މަރަށް ޙާޟިރުވެ އޭނާގެ ނޭވާ ދޫކުރުމަށް ތައްޔާރުވަމުން ދާ ކަހަލައެވެ.

މަންޒަރު ދުށް ޓުރެފިކު ފުލުހުންގެ މީހާ ހަލުވި ދުވެލީގައި އޭނާގެ ގާތަށް އައިސްފިއެވެ. އަދި އޭނާގެ ހާލަތު އެނގުމާއެކުގައި އަވަހަށް އޭނާ ބުންޏެވެ.
" لا إله إلاالله މިފަދައިން ކިޔާށެވެ"
ޒުވާނާއަކަށް މިކަލިމައެއް ނުކިޔުނެވެ. އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަތިވެރި ކަލިމަ ކިޔުމުގެ ތައުފީޤެއްނުދެއްވިއެވެ. ނަމަވެސް އޭނާ ބުންޏެވެ.
"އަހަރެންނަކަށް ތިޔަކަލިމައެއް ނުކިޔުނެވެ. އަހަރެން މިވަނީ ސަޤަރުގައެވެ"
އެހެން ބުނުމާއެކުގައި އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑު ދޫކޮށް ދިރުންނެތް މައްޔިތަކަށް ވެއްޖެއެވެ.
އެވަގުތު އެތަނުގައި ހުރި ފުލުސްމީހާއަކަށް ސަޤަރަކީ ކޮން އެއްޗެއްކަމެއް އޭނާއަކަށް ނޭންގެއެވެ. އޭނާ ފެންނަ މީސްމީހުންގެ ގާތުގައި ސަޤަރަކީ ކޮބައިތޯ ސުވާލު ކުރަމުން ދިޔައެވެ؟
އޭ ލޮބުވެތި ކިޔުންތެރިންނޭވެ. ތިޔަބައިމީހުން އެ ސަޤަރު ދަންނަމު ހެއްޔެވެ؟ ސަޤަރުގެ ވާހަކަ އަޑު އެހީމުހެއްޔެވެ؟ ސަގަރޭ ޕާކުގެ ވާހަކައެއްނޫނެވެ. ނަމަވެސް ނަމާދު ނުކުރާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ބޯލެނބުމަށް ދެކޮޅު ހަދާފައިވާ މީހުންނަށް އެއިލާހު ތައްޔާރުކުރައްވާފައިވާ ނަރަކައިގެ އަޛާބުގެ ތަނެއްކަމުގައި މެނުވީ އެ ސަޤަރު ނުވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަން ސިފަކޮށްދެއްވަމުން ވަޙީކުރެއްވި ބަސްފުޅުގައިވެއެވެ.
(وَمَا أَدْرَاكَ مَا سَقَرُ ؟)
މާނައިގެ ތަރުޖަމާޢީ: އަދި ސަޤަރަކީ ކޮންތަނެއްކަން ކަލޭގެފާނަށް(އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް) އަންގައިދިނީ ކޮންއެއްޗެއްހެއްޔެވެ؟
(لَا تُبْقِي وَلَا تَذَرُ)
އެނަރަކަ އެއްވެސް(ފާފަވެރިއެއް) އަދި އެއްވެސް އެއްޗެއް އަންދާ ހުލިނުކޮށްލައި ދޫނުކޮށްލަތެވެ.
(لَوَّاحَةٌ لِّلْبَشَر)
ހަންގަނޑުތައް އަނދައަނދައި ހުރެއެވެ.
عَلَيْهَا تِسْعَةَ عَشَرَ
(ސަޤަރޭ ކިޔުނު ނަރަކަ ބެލެހެއްޓުމަށް) ނަވާރަމަލާއިކަތުން ވެއެވެ. (މުއްދަޘިރު ސޫރަތުގެ 27 ވަނަ އާޔަތުން 30 ވަނަ އާޔަތަށް)
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ.
فِي جَنَّاتٍ يَتَسَاءَلُونَ . عَنِ الْمُجْرِمِينَ
މުއުމިނުން ސުވަރުގޭގައި އެކަކު އަނެކަކާއި މުޖުރިމުންނާއި(މުޝްރިކުންނާއި ކުށްވެރިންނާއި އަދި އީމާންވުމަށް ދެކޮޅު ހެދި މީހުންނާއި) ބެހޭގޮތުން ސުވާލުކުރެއެވެ.
مَا سَلَكَكُمْ فِي سَقَرَ
ކަލޭމެން ތިޔަ ސަޤަރަށް އެއްލައިލީ ފަހެ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
އެބައިމީހުން ބުންޏެވެ. ތިމަންނަމެން ނަމާދުކުރާ ބަޔެއްކަމުގައި ނުވީމެވެ.
وَلَمْ نَكُ نُطْعِمُ الْمِسْكِينَ
އަދި މިސްކީނުންނަށް ކާންދީ އުޅުނު ބަޔެއްކަމުގައިވެސް ތިމަންނާމެން ނުވަމެވެ.
وَكُنَّا نَخُوضُ مَعَ الْخَائِضِينَ
އަދި ބާތިލު ދޮގު ވާހަކަދައްކައި އުޅުނު ބާތިލުމީހުންނާއި އެކުގައި ތިމަންމެން އުޅުނީމެވެ.
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
އަދި ތިމަންނާމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނު މީހުންގެ ތެރޭގައި ވީމުއެވެ.
حَتَّىٰ أَتَانَا الْيَقِينُ
ތިމަންމެންގެ މަރު އަތުވެއްޖައުމަށް ދާންދެނެވެ.
(މުއްދަޘިރު ސޫރަތުގެ 40 ވަނަ އާޔަތުން 47 ވަނަ އާޔަތަށް)
ވީމާ ސަޤަރަށް އެއްލޭ މީހުންނަކީ ޤިޔާމަތް ދުވަސް ދޮގުކޮށް ނަމާދުނުކޮށް ސަދަޤާތްކުރުމާއި އަދި ފަޤީރު މިސްކީނުންނަށް ކާންނުދީ އުޅޭ މީހުންކަމުގައި އަޅުގަނޑުމެންނަށް އެއާޔަތްތަކުން އެބަ ހެކިދެއެވެ. އެންމެހާ އެކުވެރިންނޭވެ. ހަންގަނޑު އަނދަ އަނދައި ބޮކި ޖަހައި ޖަހައި ހުންނަ ސަޤަރަށް ދާން ބޭނުމީ ފަހެ ކާކު ހެއްޔެވެ؟ ސަޤަރަށް ދާން ފަހެ ބޭނުމީ ކާކު ހެއްޔެވެ؟ ކިޔާލަން ފަސޭހައެއްކަމަކު އެ ސަޤަރުގެ ހޫނުކަން އަޅުގަނޑުމެން ވަޒަން ކުރަން ފަސޭހައެއްނޫނެވެ. ދިޔުމަށް އެމަންޒިލުގެ ނުބައިކަމުގެ ބޮޑު ކަމާއެވެ. ނަމާދު ނުކުރާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ނުވެ، އިޞްލާޙު ވާކަށް ނުވޭތޯއެވެ. ނަމާދުކޮށް ރަނގަޅަށް އުޅޭ މީހަކަށް ވާކަށް ނުވޭތޯއެވެ؟ މާދަމާ ވަންދެން މަޑު ނުކުރާށެވެ. މާދަމާއެއް ދުވަހަކުވެސް ނައަންނާނެއެވެ.
އަޅުގަނޑުމެންނަކީ ސަޤަރުގައި ދަމާފައި ގެންދެވޭ ބަޔެއްކަމުގައި ވުމުގެ ކުރިން ތަޢުބާ ވަމާތޯއެވެ؟ އެއިލާހު ޤަމަރު ސޫރަތުގެ 48 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގައި ވެއެވެ.
يَوْمَ يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ ذُوقُوا مَسَّ سَقَرَ
މާނައިގެ ތަރުޖަމާއީ: އެދުވަހަކީ އެބައިމީހުން މޫނުވަތަށް ނަރަކައިގައި ދަމާފައި ގެންދެވޭނެ ދުވަހެވެ. (އަދި އެބައިމީހުންނަށް ބުނެވޭނެއެވެ) ސަޤަރުގެ އެބަހީ އަލިފާނުގައި ޖެހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ.
ދުޢާއަކީ އަޅުގަނޑުމެންނަކީ ނަމާދުކުރާ ތަޢުބާވާ ޞާލިޙުން ކަމުގައި ލެއްވުމެވެ. އަދި މުސްލިމުންގެ ގޮތުގައި މަރު ގަންނަވާ ބަޔެއްކަމުގައި ލެއްވުމެވެ. އާމީން.
ވާހަކައިގެ މަސްދަރު: ޝެއިޚު އިބުރާހިމް ފަރީދުގެ ދަރުސް

0 Comments