ޢީސާ ޢަލައިހިއްސަލާމް ފައިބައިވަޑައިގަތުން 1
ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން
ފެށުން
ޢީސާ ޢަލައިހިއްސަލާމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮނުއްވާފައިވާ ނަބީބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ މާތްވެގެންވާ ރަސޫލު ބޭކަލެއްވެސް މެއެވެ. އެކަލޭގެފާނަކީ އެހެންބޭބޭކަލުންނާއި ޙިލާފަށް އެހެން އިންސާނުންނާއި ޚިލާފަށް ބަފައިކަލަކާއި ނުލައި ހަމައެކަނި މަރިޔަށް ޢަލައިހިއްސަލާމްގެ ކިބައިން ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ވަރަށް ތަޤުވާވެރި އަޅުކަންކުރެއްވުމުގައި މިސްކިތުގެ މިޙުރާބުގައި ވަޤުތުހޭދަކުރެއްވި ބޭކަނބަލެކެވެ. މިކަމަނާއަށް ﷲ ސުބުހާނަހޫ ވަތަޢާލާ ރިޒުޤު މަތިން ބާވާލައްވަވައެވެ.

މަރިޔަމް ޢަލައިހިއްސަލާމްގެ ވާހަކަ
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ إِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾
މާނައިގެ ތަރުޖަމާއީ: ޒަކަރިއްޔާ ޢަލައިހިއްސަލާމް މިޙުރާބަށް އެކަމަނާއަށް ޒިޔާރަތްކުރައްވާ ކޮންމެފަހަރަކު އެކަލޭގެފާނަށް އެކަމަނާގެ އަރިހުގައި ރިޒުޤުވަނިކޮށް ފެނިވަޑައިގަންނަވައެވެ. ދެންއެކަލޭގެފާނު މަރިޔަމް އަލައިހިއްސަލާމަށް މި ރިޒުޤު ލިބިވަޑައިގަންނަވަނީ ކޮންތަނަކުންތޯ ސުވާލުކުރެއްވެވިއެވެ. އެކަމަނާ ދެންނެވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުންނެވެ. ހަމަކަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު ބޭނުންވޮޑިގެންވާ އަޅަކަށް އެއްވެސް ހިސާބެއް މިންވަރެއްނެތި ރިޒުޤުދެއްވައެވެ.
ޒަކަރިއްޔާ ޢަލަޢިހިއްސަލާމްވަނީ މިސްކިތުގައި އެކަމަނާއަށް ޙާއްޞަކޮޓަރިކޮޅެއް ތައްޔާރުކުރައްވާފައެވެ. އެކޮޓަރިކޮޅަށް އެކަމަނާ ނޫން އެއްވެސް މީހަކު ވަދެވަޑައިނުގަނެއެވެ. ރެޔާއި ދުވާލު އެކަމަނާ އެތަނުގައި އަޅުކަންކުރައްވާ ހައްދަވައެވެ. އަދި އެކޮޓަރިކޮޅަށް ޒަކަރިއްޔާ ޢަލައިހިއްސަލާމް ވަދެވަޑައިގަންނަވާ އިރު އެކަލޭގެފާނަށް ހޫނު މޫސުމުގައި ލިބޭ މޭވާ އެކަމަނާގެ ކޮޓަރިކޮޅުން ފިނިމޫސުމަށް ފެނިވަޑައިގަނެއެވެ. އަދި ފިނިމޫސުމުގެ މޭވާ ހޫނު މޫސުމަށް ފެނިވަޑައިގަނެއެވެ.
ދެން އެކަލޭގެފާނު އެކަމަނާ ކުރެން އެއްސެވިއެވެ. " މި މޭވާތައް ކަމަނާއަށް ލިބިވަޑައިގަންނަވަނީ ކޮންތަނަކުންތޯއެވެ؟" ދެން އެކަމަނާ ޖަވާބުގައި ދެންނެވިއެވެ. " މިތަކެތި ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ." މާނައަކީ އެ ރިޒުޤުދެއްވަނީ ﷲއެވެ. އަދި އެއިލާހަކީ އެއިލާހު ބޭނުންވޮޑިގެންވާ އަޅަކަށް އެއްވެސް ހިސާބެއް މިންވަރެއްނެތި ރިޒުޤުދެއްވާ އިލާހެވެ.
هُوَ مِنْ عِندِ اللَّـهِ (އެތަކެތި ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ)
ۖ إِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ (ހަމަކަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު ބޭނުންވޮޑިގެންވާ އަޅަކަށް އެއްވެސް ހިސާބެއް މިންވަރެއްނެތި ރިޒުޤުދެއްވައެވެ. )
ހޭއަރުވައިލުމެއް: ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ މިޙުރާބުވަނީ މަޝްހޫރު އަޤްޞާ އެނދި އަލިފާނުގައި އަނދައިގެން ގޮހެވެ. އޭގެފަހުން ވަނީ އަނެއްކާވެސް އެތަން ބިނާކުރެއްވިފައެވެ. والله أعلم
އެކަމަނާއަށް އުފާވެރި ޚަބަރުދެއްވަމުން މަލާއިކަތް ބޭކަލުންވިދާޅުވި ބަސްފުޅު ﷲ ސުބުޙަނަހޫ ވަތަޢާލާ ކީރިތި މޫރިތި ތަންޒީލުގައި ބަޔާންކުރައްވަނީ އަންނަނިވި ވަޙީބަސްފުޅުންނެވެ.
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّـهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ ﴿٤٢﴾ يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ ﴿٤٣﴾
މާނައިގެ ތަރުޖަމާއީ: އަދި މަރިޔަގެފާނަށް މަލާޢިކަތްބޭކަލުން ދެންނެވި ހިނދު(ހަނދުމަކުރާށެވެ). އޭ މަރިޔަމެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކަމަނާ ޙިޔާރުކުރައްވައި، ތާހިރުކުރައްވައި (އެބަހީ: ކުފުރާއި ޝިރުކުން)، އަދި ޢާލަމްތަކުގެ(އިންސާނުންނާއި ޖިންނީންގެ) އެންމެހާ އަންހެނުންގެ މައްޗަށް ކަމަނާ ހިޔާރުކުރައްވާ މާތްކުރައްވާފައެވެ.
އޭ މަރިޔަމެވެ. ކަމަނާގެ ވެރިރައްބަށް ކިޔަމަންތެރިވެ ވަޑައިގެން(އެބަހީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންވެ އެއިލާހަށް އެކަނި އަޅުކަންކުރާށެވެ)، އަދި ކަމަނާ ސަޖިދަކުރައްވައި އަދި ރުކޫޢު ކުރާ މީހުންނާއި އެކު ރުކޫޢަކުރައްވާށެވެ.(އެބަހީ: ރުކޫޢަށް ބޯތިރިކުރުން)
މި އާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވަނީ މަލާއިކަތް ބޭކަލުން އެކަމާއަށް ދެއްވާފައިވާ އުފާވެރި ޚަބަރެވެ. އެއީ އެކަމަނާއަކީ ހުރިހާ އަންހުނުންގެ މައްޗަށް މާތްކުރެއްވިފައިވާ ބޭކަނބަލެއްކަމެވެ.
އަދިވެސް އެކަމާއަށްވަނީ، އެކަމަނާއަށް ފިރިހެނެއްގެ ޒަރީއާއަކާއި ނުލައި ފިރިހެން ބޭކަލެއް ލިބިވަޑައިގަންނަވާނެކަމާއި، އަދި އެބޭކަލަކީ ނަބީ ބޭކަލަކަށް ވެވަޑައިގަންނަވާނެކަމުގެ ޚަބަރުދެއްވިފައެވެ.
وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ ﴿٤٦﴾(އާލްއިމްރާން ސޫރަތުގެ 46 ވަނަ އާޔަތުން)
އަދި އެކަލޭގެފާނު އެކަލޭގެފާނުގެ ޅަފަތުގެ ތަންމަތީގައްޔާއި އަދި ފުރާފުރިހަމަވުމުން މީހުންނާ ވާހަކަދައްކަވާހުއްޓެވެ.
އެއީ އެކަލޭގެފާނުގެ ޅަފަތުގެ ދުވަސްވަރު އެކަލޭގެފާނު މީސްތަކުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެއްވެސް ޝަރީކަކާއި ބައިވެރިޔެއްނުލާ ހަމައެކަނި އެއިލާހަސް އަޅުކަންކުރުމަށް ގޮވައިލާހުއްޓެވެ. އަދި އެކަން އެކަލޭގެފާނު ފުރާފުރިހަމަވެ ބޮޑުފިރެހެނަކަށް ވެވަޑައިގަތުމުންވެސް ހަމައެބީދައިން ގޮވައިލައްވާހުއްޓެވެ. މިއީ އެކަލޭގެފާނު ފުރާފުރިހަމަވެ މީސްތަކުންނަށް ދީނަށް ގޮވާލާނެކަމުގެ އިޝާރާތެކެވެ.
އަދި އެކަމަނާއަށްވަނީ ވީހާވެސް ގިނައިން އަޅުކަންކުރުމަށް އަންގަވާފައެވެ. އެއީ ކިޔަމަންތެރިކަމާއި ގިނަގިނައިން ސަޖިދަކުރުމާއި އަދި ރުކޫޢުކުރެއްވުމުންނެވެ. އެހެނީ އެކަމަނާއަށް މިހުރިހާ މަތިވެރިކަމެއް ލިބުންވަނީ މިކަންކަމުން ކަމުގައި ވާތީއެވެ.
ރިވާވެފައިވެއެވެ. އެކަމަނާ ނަމާދުގައި ކޮޅަށް ހުންނަވަގުތު ދިގުކަމުން އެކަމަނާގެ ފައިންޕުޅު ދުޅަވާކަމަށްވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމަނާއަށް ރުއްސުންލައްވައި ހެޔޮރަޙުމަތްލައްވައި އެކަމަނާއާއި އެކަމަނާގެ މަންމާފުޅަށާއި ބައްޕާފުޅަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. އާމީން
އަނަސް ރަޟިޔަﷲ އަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާކުރައްވާފައިވާ ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ.
"މިދުނިޔޭގެއެންމެ މާތް ހަތަރު އަންހެންބޭކަނބަލުން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ ފުދޭނެއެވެ. މަރިޔަމް ބިންތި ޢިމްރާން، އަދި އާސިޔަތު ފިރުޢައުނުގެ އަނބިކަނބަލުން، އަދި ޙަދީޖަތު ބިންތި ޚުވައިލަދު އަދި ފާތިމަތު ބިންތި މުޙައްމަދު(ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެވެ. (ޞައްޙަ ޙަދީޘެއް: ޝެއިޚު އަލްބާނީ) ނުނިމޭ
ދެން އަންނަ ބަޔެއްގައި
ޢީސާ ޢަލައިހިއްސަލާމާއިގެން އެކަމަނާ ހައްޔަރުވެވަޑައިގަތުން( ބަލިވެއިނުން)
އަދި ޢީސާ ޢަލައިހިއް ސަލާމް ރައްކާވެ ވަޑައިގަތުން
وبالله التوفيق. وصلى الله وسلم على محمد وعلى آله وصحبه أجمعين. والحمدلله
މަޞްދަރު: ނިޙާޔަތުލް ޢާލަމް، ޑރ. މުޙައްމަދު އަލްއަރީފީ
ނޯޓު: ޤުރުއާން ތަރުޖަމާގެ އަސްލު: ހިލާލީ އަދި ޚާން،
ތަރުޖަމާ: އިބުނު ޢަބްދުއްރަޙުމާން ޅޮހީ

0 Comments