ޢިބުރަތްތެރި ވާހަކަ: ޚަލީފާ ޢަބްދުލް މަލިކުގެ ގެ އަސަރުގަދަ ޚުތުބާ


ޅޮހީ 

އެއްފަހަރެއްގައި ޢަބްދުލްމަލިކު ވަރަށް އަސަރުގަދަ ޚުތުބާއެއް ދެއްވިއެވެ. އެ ޚުތުބާ ދެއްވަމުން އަބްދުލްމަލިކު ކީރިތިކުރައްވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ފާފަފުއްސެވުން އެދި ވަޑައިގެން ދަންނަވަމުން ދިޔައެވެ.
" އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. މިއަޅާގެ ފާފަތައް ވަރަށްވެސް ގިނައެވެ. އެހެނެއްކަމަކު އެފާފަތަކުގެ ކުރިމަތީގައި އިބަﷲ ގެ ރަޙުމަތުގެ ކުޑަމިންވަރެއްވެސް ވަނީ އެޔަށްވުރެ މާ ގިނަވެ ފުޅާވެގެންނެވެ.


އޭ ﷲ އެވެ. އިބަﷲ ރަޙުމަތުގެ ކުޑަމިންވަރަކުން މިއަޅާގެ ގިނަ ފާފަތައް ފުއްސަވާންދޭވެ."

ދެން މިބަސްތަކުގެ ވާހަކަ ޙަސަނުލް ބަޞަރީގެ ކަންފަތްޕުޅަށް ފޯރުމާއެކު އެކަލޭގެފާނަށް ކުރި އަސަރެއްގެ ބޮޑުކަމުން ކީރިތިކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ.

" މީހަކު ބުނެފައިވާ އެއްވެސް ބަހެއް ރަނުގައި ކަނޑާނަގައި ލިޔަންޖެހޭނެ ނަމަ އެބަސްތަކަކީ، އެބަސްފުޅުތަކެވެ. "

މާނައަކީ މީހަކު ބުނެފައިވާ ބަހެއްގެ މޮޅުކަމުން ބަހެއް ރަނުގައި ކަނޑާ ނަގަންޖެހޭނެ ނަމަ ލިޔަންޖެހޭނީ އަބްދުލްމަލިކު ވިދާޅުވި އެބަސްފުޅުތަކެވެ.
ޢަބްދުލްމަލިކަކީ ޢުމަރުބިން ޢަބްދުލްއަޒީޒުގެ އަނބިކަނބަލުންގެ ބައްޕާފުޅެވެ.
ނިމުނީ
އަސްލު: އައްލުއުލުއު ވަލްމަންޘޫރު

Post a Comment

0 Comments