Insaanage ummeedhuthakah nimumeh netheve

އިންސާނާގެ އުއްމީދުތަކަށް ނިމުމެއްނެތެވެ
ޅޮހީ

އަޚާއެވެ. ވިސްނާލީމުހެއްޔެވެ؟ އިންސާނާގެ އުއްމީދުތަކަށް ދުވަހަކުވެސް ނިމުމެއްނުވެއެވެ. ހޫނު މޫސުމުގައި އިންސާނާ އުއްމީދުކުރަނީ ފިނި މޫސުމަށެވެ. އަދި ފިނި މޫސުން އައުމާއެކުގައި އިންސާނާ ހޫނު މޫސުމަށް އުއްމީދުކުރަން ފަށައެވެ. ދިރިއުޅުމަކީ މިއީއެވެ. އިންސާނާގެ ދިރިއުޅުން ބިނާވެފައިވެފައިވަނީ މިއުސޫލުގެ މަތީންނެވެ.

ވީމާ އަޅުގަނޑުމެންނަށް އަބަދުވެސް އޮތީ އުއްމީދުކުރުމެވެ. އުއްމީދު ކަނޑާނުލާ އަބަދާއި އަބަދުވެސް ހަޔާތާއި އަދި ކުރިޔަށް އޮތްތަނާއި މެދުގައި ވިސްނާ ފިކުރުކުރުމެވެ. ނާއުއްމީދުވެ އުއްމީދު ކަނޑާލުމަކީ ބުއްދިވެރިންގެ ގޮތެއްނޫނެވެ. ތިބާގެ އެއް އަތް ނެތްކަމުގައި ވިޔަސް، ދެއަތްެނެތް މީހުންނަށް ބަލާލުމަށްފަހު ހިތްހަމަ ޖައްސާލާށެވެ. އަދި ތިބާއަށް އެއްއަތްވެސް ދެއްވީތީ އެކަމަށްޓަކައި ﷲ އަށް ޝުކުރު ކުރާށެވެ.
ހުރިހާ ޝުކުރެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރިﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.

Post a Comment

0 Comments